26 މެއި 2020
ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖޭގައި ޒަކާތުގެ ފައިސާ ނެގުމާއި ބެހުމުގެ އިންތިޒާމްތައް އޮންލައިންކޮށް ހަމަޖެއްސުމުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އުރީދޫ އަދި ދިރާގު މެދުވެރިކޮށް 156،740 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި 6،649،697ރ. ލިބިފައިވެ އެވެ. މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. މިިދިޔަ އަހަރު 5.6 މިލިއަން ރުފިޔާ، 2018 ވަނަ އަހަރު 4،453،108 އަދި 2017 ވަނަ އަހަރު އެ އަދަދު އުޅުނީ 4،487،804ރ. ގަ އެވެ.
ފަގީރުންގެ ގޮތުގައި މުޅި ރާއްޖެއިން ރަޖިސްޓަރީވެފައިވަނީ 8،764 މީހުންނެވެ. އޭގެ ތެރެއިން މާލޭގައި ފަގީރުންގެ ގޮތުގައި ތިބީ 1،715 މީހުންނެވެ. މިނިސްޓްރީން ބުނީ 1،697 މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް ބާކީ ތިބި 76 މީހުންނަށް ފައިސާ ހަވާލުކުރީ މިނިސްޓްރީ އަށް ގެންގޮސް އެ ތަނުންނެވެ.
އެ ކޮންމެ މީހަކަށް ޒަކާތުގެ ގޮތުގައި 3،800ރ. ލިބިފައި ވެ އެވެ. މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި މާލެއިން ކޮންމެ މީހަކަށް 5،000ރ ލިބުނެވެ. އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު 1،300ރ. އަދި 2017 ވަނަ އަހަރު 1،250ރ. ލިބިފައި ވެ އެވެ.
ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 201،097ރ. ހަވާލުކޮށްފައިވެ އެވެ.
ފިތުރު ޒަކާތަކީ ރޯދަ މަހާ ބައްދަލުވި ކޮންމެ މުސްލިމެއްގެ ވާޖިބުވެގެންވާ، އިސްލާމް ދީނުގެ ރުކުނެކެވެ. ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ދައްކަންޖެހޭނެ އެވެ. އެގޮތަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ، ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ބަހައިފަ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8،000ރ.
މާދަމާއިން ފެށިގެން ގޮވާމުން ޒަކާތް ބަހަނީ
ޒަކާތަށް މާލެއިން 5.5 މިލިއަން ރުފިޔާ ލިބިއްޖެ
ފިތުރު ޒަކާތަށް މާލެއިން 6.7 މިލިއަން ރުފިޔާ
މިހާތަނަށް ޒަކާތް ދެއްކި މީހުންގެ އަދަދު މަދު: ޒާހިރު
ޒަކާތް ބަހަންޖެހޭނީ އަލުން ހަދާ ލިސްޓަކަށް: ޝަހީމް
މީހަކަށް 1250ރ. ގެ މަގުން ޒަކާތް ބަހަން ފަށައިފި
ގޮވާމުން ޒަކާތް ބަލައިގަންނަން ފަށައިފި
މާދަމާ ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ
މުދަލު ޒަކާތުގެ ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި