23 މެއި 2020
ހުއްދަ ނެތި ދަރިންގެ ފޮޓޯތަކެއް ފޭސްބުކާއި ޕިންޓްރެސްޓަށް އަޕްލޯޑްކުރި މައްސަލައެއްގައި އަންހެނަކު އޭނާގެ މަންމަގެ މައްޗަށް ކުރި ދައުވާއަކާ ގުޅިގެން އެ ފޮޓޯތައް ޑިލީޓްކުރަން ނެދަލެންޑްސްގެ ކޯޓަކުން އަމުރުކޮށްފި އެެވެ.
ހުއްދަ ނެތި ދަރިންގެ ފޮޓޯތަކެއް ފޭސްބުކާއި ޕިންޓްރެސްޓަށް އަޕްލޯޑްކުރި މައްސަލައެއްގައި އަންހެނަކު އޭނާގެ މަންމަގެ މައްޗަށް ކުރި ދައުވާއަކާ ގުޅިގެން އެ ފޮޓޯތައް ޑިލީޓްކުރަން ނެދަލެންޑްސްގެ ކޯޓަކުން އަމުރުކޮށްފި އެެވެ.
މީޑިއާތަކުން ބުނިގޮތުގައި މަންމަގެ މައްޗަށް ދައުވާކުރަން އަންހެން ދަރިފުޅު ނިންމީ ހުއްދަ ނުހޯދައި މާމަ ދަރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަޕްލޯޑްކުރާތީ އެކަމާ ހިތްހަމަނުޖެހިގެން، ފޮޓޯތައް ޑިލީޓްކުރަން ތަކުރާރުކޮށް އެދުމުން ވެސް ކުދިންގެ މާމަ އެއްބަސްނުވުމުންނެވެ.
މި މައްސަލާގައި މާމަ އަށް ކުރި ދައުވާއާ ގުޅިގެން ފޮޓޯތައް ޑިލީޓްކުރަން ކޯޓުން އަމުރުކުރީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރް) ގެ ދަށުންނެވެ. އަދި މި މައްސަލާގައި ގޮތެއް ނިންމުމުގައި ފޮޓޯގެ މައްސަލަ އަކީ އާއިލީ އަދި ޒާތީ ކަމެއްގެ ގޮތުގައި ކޯޓުން ބަލައިފައެއް ނުވެ އެވެ.
އަމުރުގައި ވަނީ އަޕްލޯޑްކުރި ފޮޓޯތައް ވީހާ ވެސް އަވަހަކަށް ޑިލީޓްކުރުމަށާއި އެ އަމުރާ ހިލާފުވާ ކޮންމެ ދުވަހަކަށް 50 ޔޫރޯ (54.52 ޑޮލަރު) އިން ޖޫރިމަނާކުރާނެ ކަމަށް.
ގިނަ ފަހަރަށް އެފަދަ މައްސަލަތައް ކޯޓުން ބޭރުކޮށްލަނީ އާއިލާ ތެރޭގައި ހައްލުކުރަން ޖެހޭ ބާވަތުގެ ކަންކަމުގެ ގޮތުގައި ނިންމައިފަ އެވެ.
ނަމަވެސް މި މައްސަލަ މިގޮތަށް ނިންމުމުން ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަނީ ކޯޓްގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އަދި މިފަދަ މައްސަލަތައް ނިންމުމުގައި ޖީޑީޕީއާރަށް މިހާރު ރިއާޔަތްކުރަން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ.
ކޯޓުން އަންހެން މީހާގެ މައްޗަށް ކުރި އަމުރުގައި ވަނީ އަޕްލޯޑްކުރި ފޮޓޯތައް ވީހާ ވެސް އަވަހަކަށް ޑިލީޓްކުރުމަށާއި އެ އަމުރާ ހިލާފުވާ ކޮންމެ ދުވަހަކަށް 50 ޔޫރޯ (54.52 ޑޮލަރު) އިން ޖޫރިމަނާކުރާނެ ކަމަށެވެ.
ނެދަލެންޑްސްގެ ކޯޓަކުން ނިންމި މި ނިންމުމާ ބެހޭ ގޮތުން ޑިކޯޑެޑް ލީގަލް މަސައްކަތްކުރައްވާ ޓެކްނޮލޮޖީ ދާއިރާގެ ވަކީލު ނީލް ބްރައުން ވިދާޅުވީ އެ ނިންމުމަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެއްޗެހި ޕޯސްޓްކުރާ އިރު ދެން ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމަކަށް ވާނެ ކަމަށެވެ.
"ފަހަރުގައި އެ ނިންމުމަކީ ބަޔަކަށް ސަޕްރައިޒަކަށް ވެސް ވެދާނެ. އެކަމަކު ޕްރައިވެސީ ކަށަވަރުކުރުމާއި ޒާތީ ކަންކަމަށް ރިއާޔަތްކުރާ އިރު މަންމެގެ މައްޗަށް ދަރިފުޅު ކުރި ދައުވާ ދަރިފުޅުގެ ކޮޅަށް ބުރަވުމަކީ އޭނާގެ ހައްގެއް ކޯޓަކުން ކަށަވަރުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ ކިތަންމެ ގާތް މީހަކަށް ވިޔަސް އެ މީހެއްގެ ނުވަތަ އެ ބައެއްގެ ހުއްދަ ނެތި ސޯޝަލް މީޑިއާއަށް ފޮޓޯތައް ލާ ނަމަ ދެވަނަ ވިސްނުމަކަށް މިހާރު ދާން މަޖުބޫރުވާނެ."
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
އިންސްޓަގްރާމްގެ އާ ވާޝަނެއް 13 އަހަރުން ދަށަށް
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
ޕާކިސްތާނު ލަވައެއްކީ ނެދަލެންޑްސް މީހަކު މަޝްހޫރުވެއްޖެ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
ހުއްދަނެތި ނޫސްތަކުގެ ކޮންޓެންޓް ބޭނުންކުރި މައްސަލައެއް
ފޭސްބުކް ގްރޫޕްތައް "ޑިސްކޯޑް" އަށް ބަދަލުވަނީ