15 މެއި 2020
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ގޮވައިގެން ދެ ފްލައިޓެއް މާދަމާ އެ ގައުމަށް ދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ގޮވައިގެން ދެ ފްލައިޓެއް މާދަމާ އެ ގައުމަށް ދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން އެއާލައިން ގުޅިގެން ކުރާ ދަތުރުގައި 500 އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު، ގައުމާ މުހާތަބު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 950 އިން މައްޗަށް އަރާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ، އަދި ފަރުވާއެއް ހޯދިފައިނުވާ ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންގެ މެދުގައި ކޮވިޑް-19 އާދަޔާ ހިލާފު ބާރު މިނެއްގައި ފެތުރޭއިރު، އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓެއްގައި މީގެ ކުރިން ވަނީ 68 މީހަކު އަނބުރާ ގެންގޮސްފަ އެވެ. އެއީ އެ ގައުމާއި ނޭޕާލްގައި ތިބި ދިވެހިން ގޮވައިގެން ރާއްޖެ އައި މަތިންދާބޯޓެކެވެ.
މަބްރޫކް ރޭ ވިދާޅުވީ، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން ނުރައްކާތެރި ހާލަތުގައި ހުރި 33 ތަނެއް މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. އައިސޮލޭޓް ކުރަން ޖެހޭ މީހުންނާއި ކަރަންޓީން ކުރަންޖެހޭ މީހުން، ޚާއްސަ ފެސިލިޓީތަކަށް ގެންގޮސް ބައިބޯކަން ކުޑަކުރުމަށްޓަކައި ކަރަންޓީންގެ އެހެން ސައިޓުތަކަށް ވެސް އެ ބިދޭސީން ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ސައިޓުތަކުން 500 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފަ އެވެ.
ދިވެހިންނާއި ބަންގްލަދޭޝްގެ މީހުން ފިޔަވައި ރާއްޖެ އިން ދެންމެ އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 98 މީހަކަށް މިހާތަނަށް ވަނީ ބަލިޖެހިފަ އެވެ.
ރާއްޖޭގައި އުޅޭ އިންޑިއާގެ މީހުންގެ ތެރެއިން 900 މީހުން މިހާތަނަށް ވަނީ އިންޑިއާގެ މަނަވަރުގައި އެ ގައުމަށް ގެންގޮސްފަ އެވެ. އިތުރު މީހުން ގެންދަން މިހާރު ވެސް މަނަވަރެއް ވަނީ އައިސްފަ އެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ.
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް
މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް
މަރުވި ބިދޭސީ މީހާ ކޮވިޑަށް ނެގެޓިވް
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން 6 ވަނަ މީހަކު މަރުވެއްޖެ
ކޮވިޑަށް ޕޮޒިޓިވް މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ އަދަދު 500 އަށް
ގެއްލުނު އެކަކު އޮތީ ވެންޓިލޭޓަރުގައި
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި