10 މެއި 2020
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާއިރު، މި ބަލިން ކުޑަކުދިން ރައްކާތެރިކޮށްދިނުމާ އެކު އެ ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާއިރު، މި ބަލިން ކުޑަކުދިން ރައްކާތެރިކޮށްދިނުމާ އެކު އެ ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދީ ރަނގަޅު ކާނާ އާއި ސިއްހަތާއި ތައުލީމު ކަށަވަރުކޮށްދިނުމުގެ އަމާޒަށް މި ހާލަތުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުޑަކުދިން އަނިޔާއިން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
A very happy children’s day to all children. As we battle COVID 19, I want to reaffirm our goal to keep our children safe not only from this disease but also secure a happy future for them by ensuring they have access to good nutrition, education, and protection from violence.
— Ibrahim Mohamed Solih (@ibusolih) May 10, 2020
"ހުރިހާ ކުދިންނަށް، އުފާވެރި ކުޑަކުދިންގެ ދުވަހަކަށް އެދެން. ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާއިރު ކުޑަކުދިން މި ބަލިން ރައްކާތެރިކުރުމުގެ އިތުރުން އެ ކުދިންނަށް ރަނގަޅު ކާނާ އާއި ސިއްހަތާއި ތައުލީމު އަދި އަނިޔާ އިން ހިމާޔަތް ލިބިދިނުން ކަށަވަރުކޮށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމުގެ އަމާޒަށް މަސައްކަތްކުރާނެކަން ކަށަވަރުކޮށްދެން،" ރައީސްގެ ޓްވީޓްގައިވެ އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދާއިރު އެ ބަލި ޖެހިފައިވާ ކުދިންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި އެ ހުރިހާ ކުދިންގެ ހާލު ވެސް އާދައިގެ ގޮތެއްގައި ރަނގަޅެވެ. ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 790 އަށް އަރައިފަ އެވެ. ހަލުވިކަމާ އެކު ބަލި ފެތުރެމުން ދާތީ، ސަރުކާރުގެ އެންމެ ބޮޑު މަސައްކަތެއް ކަމަށް މިހާރު ވެފައި ވަނީ މި ބަލި ކޮންޓްރޯލް ކުރުމެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނަން: ރައީސް
އިބޫގެ ކެމްޕޭނަށް ޓީޗަރުން، ނިހާން ހިތްހަމަނުޖެހިއްޖެ!
"އަނިޔާއިން އެއްކިބާވެފައިވާ މާހައުލެއް ހޯދައިދޭނަން"
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟
ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑުން ތެޅިކަން ސާބިތުނުވި
އިސްލާމީ ތަރުބިއްޔަތަށް އިސްކަން ދޭންޖެހޭ: ރައީސް
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ