Roadha Mihaaru
ގޫގުލް އާއި އެފްބީގެ މުވައްޒަފުން މި އަހަރު ގޭގައި

ގޫގުލް އާއި ފޭސްބުކްގެ މުވައްޒަފުންނަށް އަހަރުގެ ބާކީގައި ގޭގައި މަސައްކަތް ކުރެވޭނެ

09 މެއި 2020

ކޮރޯނާވައިރަހާ ހެދި ރައްކާތެރިކަމުގެ ގޮތުން ގިނަ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވާއިރު، އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެސް ފޭސްބުކާއި ގޫގުލްގެ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް އެ ދެ ކުންފުނިން ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ރައްކާތެރިކަމުގެ ގޮތުން ގިނަ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވާއިރު، އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެސް ފޭސްބުކާއި ގޫގުލްގެ މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް އެ ދެ ކުންފުނިން ހަމަޖައްސައިފި އެވެ.

ގޫގުލް އިން ކުރިން ނިންމާފައި އޮތީ އެ ކުންފުނީގެ މުވައްޒަފުން އަންނަ މަހުގެ 1 އާ ހަމައަށް ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ. ނަމަވެސް އަހަރުގެ ނިޔަލަށް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ގޫގުލްގެ ޗީފް އެކްޒެކެޓިވް ސުންދަރު ޕިޗާއި ވިދާޅުވީ އެ ކުންފުނީގެ އޮފީސްތައް ޖުލައި މަހުގެ ތެރޭގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކަކާ އެކު އަލުން ހުޅުވުމުގެ ވިސްނުންތަކެއް އެބަހުރި ކަމަށެވެ.

"އެހެން ވިޔަސް ގޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ ހުރިހާ މުވައްޒަފުންނަށް އަހަރުގެ ބާކީ މިއޮތް ހަތް މަހު ވެސް އެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން ބުނީ ޖުލައި މަހާ ހަމައަށް އަންނަ އިރު، ލޮކްޑައުނުން އެއްކޮށް ސަލާމަތްވާނެ ކަމަށް ބެލެވޭތީ ޖުލައި މަހުގެ 6 ގައި އެ ކުނފުނީގެ އޮފީސްތައް އަލުން ހުޅުވަން ޕްލޭންކޮށްފައިވާ ކަމަށެވެ. ނަމަވެސް މުވައްޒަފުންނަށް މުޅި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ކަމަށް ބުންޏެވެ.

ފޭސްބުކްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އޮފީސްތަކަށް ކޮންމެހެން ނުކުމެ މަސައްކަތްކުރަން ޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ކުރިއަށް އޮތް ދުވަސްތަކުގައި އޮފީހަށް ނުކުތުން ލާޒިމު ނޫން ކަމަށެވެ.

ގޫގުލްގެ މުވައްޒަފުންތަކެއް.

ގޫގުލްގެ މުވައްޒަފުންތަކެއް.

"މިކަމުގައި މުވައްޒަފުން އަމިއްލަ އަށް ނިންމާ ގޮތް ވެސް މުހިއްމު. އަޅުގަނޑުމެން މަޖުބޫރެއް ނުކުރާނަން އޮފީހަށް ނުކުމެ އެއްވެސް މުވައްޒަފަކު މަސައްކަތްކުރާކަށް،" އޭނާ ވިދާޅުވި އެވެ. "މުވައްޒަފުންނަށް އޮންނާނެ ގޮތެއް ނިންމުމުގެ އިހުތިޔާރު."

ފޭސްބުކަކީ ކޮރޯނާވައިރަހާ ދިމާކޮށް ކުތިމަތިވި ދަތި ދަނޑިވަޅާ އެކު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިން އެއް ކުންފުންޏެވެ. އަދި އެއާ އެކު މުވައްޒަފުންނަށް ވަނީ ބޯނަހެއްގެ ގޮތުގައި 1،000 ޑޮލަރު ވެސް ދީފަ އެވެ.