29 އެޕްރީލް 2020
ޔްނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ފެބްރުއަރީ މަހު ބޭއްވި ގަލްފް އެކްސްޕޯ އަށް ދިޔަ ދެ މީހަކު ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނި، އެ މީހުންގެ ފަރާތުން ތަފާތު އަލާމާތްތަކެއް ފެންނާތީ އެކަން ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެެވެ.
ޔްނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ފެބްރުއަރީ މަހު ބޭއްވި ގަލްފް އެކްސްޕޯ އަށް ދިޔަ ދެ މީހަކު ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނި، އެ މީހުންގެ ފަރާތުން ތަފާތު އަލާމާތްތަކެއް ފެންނާތީ އެކަން ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެެވެ.
ނެޝަަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ޔޫއޭއީގެ އެކްސްޕޯއާ ގުޅިފައިވާ ދެ މީހުންގެ ބަލި ހާލަތު ބަދަލުވަމުން އައި ގޮތުގެ ތަފާތު ކަންތައްތަކެއް އެބަ ހުރި ކަަމަށެވެ. އެހެންވެ، ޔޫއޭއީން އައި އެހެން މީހުންގެ ވެސް އެފަދަ ކަންތައްތަކެއް ހުރިތޯ އެޗްޕީއޭއިން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ބޮޑަށް ބަލައިލަން ބޭނުންވީ އެ ދޭ ކޭސް އިން ވެސް ކޮންމެވެސް ވަރަކަށް ތަފާތު ވައްތަރަކަށް ހިސްޓްރީ، އެ ޑިޒީސް ޕްރޮގްރެސް ވެފައިވާ ގޮތުގައި ކޮންމެވެސް ވަރަކަށް ތަފާތު ކަންތައްތަކެއް ފެނިގެން، އެފަދައިން ޔޫއޭއީން އައި އިތުރު[ފަރާތްތައް]، ގަލްފު ފުޑް އެކްސްޕޯއަށް ވަޑައިގެންފައިވާ ގިނަ މީހުންގެ ތެރެއިން އެހެން އެެއްވެސް ބަޔަކަށް މިފަދަ އަލާމާތްތަކެއް ފެނިފައި ވޭތޯ،" އަފްޒަލް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫއޭއިން އައި ދެ މީހުން އޭރުން ފެށިގެން ބަލިވެ އުޅެމުން އައީ އެހެން ކަމެއްގެ ސަބަބުން ކަމަށް ވެފައި އޭގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައި ވަނިކޮށް ކޮވިޑް ޖެހުނީކަމަށް ވުން އެކަށީގެންވެ އެވެ. އެ މީހުންނަށް އެއް ބައްޔެއް [ކޮވިޑް-19] ޖެހި ދިގު މުއްދަތެއް ހޭދަވީ ކަމަށް ފެންނަނީ އެހެންވެ ކަމަށް ވެދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެދާނެ ގޮތެއް އިނގޭތޯ އެއީ ވެސް ހަމަ. އެހެންވީމާ އެކަން ބޮޑަށް ބެލުމަށް ޓަކައި، އެކަން ކިހިނެތްތޯ ވެފައި ވަނީ، މިއީ ވަކިން ފެނިފައިވާ އައިސޮލޭޓެޑް ދެ ކޭސްތޯ ނުވަތަ އެކަަހަލަ އެއްވެސް ޕެޓާންއެއް އެއްޗެއް އެބަ ހުރިތޯ ބެލުމަށް ޓަކައި އަޅުގަނޑުމެން ބޮޑަށް މި ބޭނުންވީ ގަލްފް އެކްސްޕޯއަށް ވަޑައިގެންފައި މިކޮޅަށް އައި ހުރިހާ ބިދޭސީންނާ ދިވެހިން ވެސް އަޅުގަނޑުމެންނަށް ކޮންޓެކްޓްކޮށް އަޅުގަނޑުމެން ބޭނުންވާ ސުވާލުތަކަށް މައުލޫމާތު ދިނުމަށް،" އަފްޒަލް ވިދާޅުވި އެވެ.
މިރޭގެ ޕްރެސް ބްރީފިންއަށް ފަހު ނޫސްވެރިންނާ ވާހަކަ ދެއްކެވި ވަގުތުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރު ވިދާޅުވީ އެކްސްޕޯއަށް ދިޔަ ދެމީހުން ވެސް މާލެއިން ޕޮޒިޓިވްވި އިރު އެމީހުން ގުޅިފައި ވަނީ މާލޭގެ ކްލަސްޓާއަކާ ކަމަށެވެ. އެހެންވީމާ އެމީހުންނަށް ކޮވިޑް ޖެހުނީ ޔޫއޭއީން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ އެވެ.
ޕޮޒިޓިވްވި ވިޔަފާރިވެރިޔާ އައީ ޕާކިސްތާނުގައި ހުރެފައި
"ހާލަތަށް އަންނަ ބަދަލު ހަފުތާއަކު އެއްފަހަރު ބަލަން"
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
ކޮވިޑަށް ޓެސްޓުކުރާ މެޝިނަކާއި ކިޓްތައް ޔޫއޭއިން ދީފި
ދެ ވަނަ ރާޅަކަށް ފުރުސަތު ނުދޭތި!
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
ތުއްތު ކުއްޖާގެ ހާލަތު ނޭނގި އާއިލާ ހާސްކަމުގައި
"ކޮވިޑްގެ ސާޖް ދަށްކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ"
ހީކުރިވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް
ޓެސްޓްތަކުގެ ނަތީޖާ އޮޅެނީ "ކްރޮސް ކޮންޓެމިނޭޓްވާތީ"