Roadha Mihaaru
ދެ ޖުމްލަ ދޭތެރެއަށް ދެ ސްޕޭސް ނުދޭތި: މައިކްރޮސޮފްޓް

ދެ ޖުމްލަ ދޭތެރެއަށް ދެ ފަހަރު ސްޕޭސް ދިނުމަކީ "ކުށެއް" ކަމަށް މައިކްރޮސޮފްޓުން ބުނެފި

28 އެޕްރީލް 2020

މައިކްރޮސޮފްޓް އޮފީހަކީ ލިޔެކުޔުންތައް ބެލެހެއްޓުމަށް އެންމެ އާންމުކޮށް މިހާރު ބޭނުންކުރެވޭ އެއް ވަސީލަތެވެ. ނަމަވެސް މިއަށް މިހާރު ވަނީ ހާއްސަ ބަދަލެއް ގެނެސްފަ އެވެ. އެ ބަދަލަކީ މައިކްރޮފްޓް ވޯޑްގެ އެންމެ ފަހުގެ ވާޝަނުގައި އިބާރާތްތަކުގެ ޖުމްލަތަކުގެ ދޭތެރެ އަށް ދޫކޮށްލާ ސްޕޭސް ނުވަތަ ހުސް ތަން ދެ ފަހަރަށް ބޭނުންކުރުން ހުއްޓައިލުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިކްރޮސޮފްޓް އޮފީހަކީ ލިޔެކުޔުންތައް ބެލެހެއްޓުމަށް އެންމެ އާންމުކޮށް މިހާރު ބޭނުންކުރެވޭ އެއް ވަސީލަތެވެ. ނަމަވެސް މިއަށް މިހާރު ވަނީ ހާއްސަ ބަދަލެއް ގެނެސްފަ އެވެ. އެ ބަދަލަކީ މައިކްރޮފްޓް ވޯޑްގެ އެންމެ ފަހުގެ ވާޝަނުގައި އިބާރާތްތަކުގެ ޖުމްލަތަކުގެ ދޭތެރެ އަށް ދޫކޮށްލާ ސްޕޭސް ނުވަތަ ހުސް ތަން ދެ ފަހަރަށް ބޭނުންކުރުން ހުއްޓައިލުމެވެ.

މައިކްރޮސޮފްޓުން ބުނާގޮތުގައި އެހެން ހަދާ ނަމަ އެއީ "އެރާ" އެކެވެ. އެ ހެދުނީ ގޯހެކެވެ. ދެ ޖުމްލަ ދޭތެރެއަށް ދެ ފަހަރަށް ސްޕޭސް ދިނުން ބަލައި ނުގަންނާކަން އަންގައި ދިނުމުގެ ގޮތުންނޫކުލައިގެ ރޮނގުބުރިތަކެއް އަރާނެ އެވެ.

މި ބަދަލު ގެނެސްފައިވާތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެކަމަކު ގިނަ ބައަކަށް ސަމާލުމަކަމަށް އައީ އެމެރިކާގެ ޑެންވާ ޔުނިވަސިޓީގެ ޕްރޮފެސަރު އެލަން ޝެން އަށް މިކަން ފާހަގަކުރެވިގެން އެ ވާހަކަ ހިއްސާކުރުމުންނެވެ.

މައިކްރޮސޮފްޓުން ބުނިގޮތުގައި ގިނަ ބަޔަކު ލިޔާ އިރު ޖުމްލަތަކުގެ ދޭތެރެ އަށް ދެ ފަހަރަށް ހުސްތަން ދެނީ ޓައިޕްރައިޓަރުގެ ނުފޫޒާ ހެދި އެވެ. ގިނަ ދުވަސްތަކެއް ވަންދެން ގިނަ ބަޔަކު ޓައިޕްރައިޓަރު ބޭނުންކުރަން އާދެވިފައި ހުރުމުން ވޯޑް ބޭނުންކުރާ އިރު ވެސް އެހެން ހެދެނީ އެވެ. އެކަމަކު މައިކްރޮސްފްޓް ވޯޑް މިހާރު ބައްޓަންކޮށްފައި ވަނީ ކުރިއަށް ވުރެ ލިޔަން ފަސޭހަ އަދި ތަފާތު ފޮންޓްތައް ވެސް ފަސޭހަކޮށް ބޭނުން ކުރެވޭ ގޮތަށާއި ބަސްތައް ވެސް ފަސޭހަ އިން އެތުރޭ ގޮތަށް ބުންޏެވެ.

އެހެންވެ ހަނދާނުގައި މިހާރު ބަހައްޓަން ޖެހޭ ކަމަކީ ޖުމްލަތަކުގެ ދޭތެރެ އަށް ދެ ފަހަރަށް ހުސްތަން ނުދިނުމެވެ. އެ ޒަމާން މިހާރު ދިޔައީ އެވެ.