Roadha Mihaaru
މައިކްރޮސޮފްޓްގެ ސާފޭސް ލެޕްޓޮޕް 4 ލޯންޗްކޮށްފި

މައިކްރޮސޮފްޓްގެ ސާފޭސް ލެޕްޓޮޕް 4 ލޯންޗްކޮށްފި

15 އެޕްރީލް 2021

މައިކްރޮސޮފްޓްގެ ވިންޑޯސްގެ 10 ގެ ސާފޭސް ލެޕްޓޮޕް 4 ލޯންޗްކޮށް، މި މަހުގެ 27 އިން ފެށިގެން ޝިޕްކުރަން ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިކްރޮސޮފްޓްގެ ވިންޑޯސްގެ 10 ގެ ސާފޭސް ލެޕްޓޮޕް 4 ލޯންޗްކޮށް، މި މަހުގެ 27 އިން ފެށިގެން ޝިޕްކުރަން ފަށަން ނިންމައިފި އެވެ.

ސާޕޭސް ލެޕްޓޮޕް 3 ނެރުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން 4 ނެރުނު އިރު، އޭގެ ދެ ސައިޒެއް ހިމެނެ އެވެ. އެއީ 13.5 އިންޗީގެ ޓަޗްސްކްރީނާއި 15 އިންޗީގެ ޓަޗްސްކްރީނެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި 15 އިންޗި ދެ ކުލަކުން ލިބޭނެ އެވެ. އެއީ ޕްލެޓިނަމް އާއި މެޓް ބްލެކް މެޓަލް އެވެ. މީގެ އަގު އުޅެނީ 1،399-2،499 ޑޮލަރާ ދެމެދުގަ ވެ.

އަލްކާންޓްރާ ފެބްރިކާއި މެޓް ބްލެކް/ސޭންޑްސްޓޯންހައުސިން ކުލައިގެ ލިބޭނެ 13.5 އިންޗީގެ ލެޕްޓޮޕްގެ އަގު އުޅެނީ 999-2.299 ޑޮލަރާ ދެމެދުގަ އެވެ.

ދެ މޮޑެލްގެ ވެސް އިތުރު ފީޗާތަކަށް ބަލާ އިރު ޑިވައިސްގައި އެއް ޔޫއެސްބީ-ސީ ޕޯޓާއި ޔޫއެސްބީ-އޭ ޕޯޓާއި ހެޑްފޯންޖެކާއި ސާފޭސް ކަނެކްޓް ޕޯޓް އިންނާނެ އެވެ. އެޗްޑީ ފްރޮންޓް-ފޭސިން ކެމެރާއާ އެކު ފޭސް ރިކޮގްނިޝަން، ބްލޫޓޫތު 5 އަދި 19 ގަޑިއިރު ބެޓެރީ ލައިފް އިންނާނެ އެވެ.