13 އޮކްޓޯބަރ 2016
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކާނެ ކަމަށް ޕީޕީއެމް ޕާލިމަންޓް ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކާނެ ކަމަށް ޕީޕީއެމް ޕާލިމަންޓް ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ކައުންސިލް މެމްބަރުންނާއި ޕާލިމެންޓް ގްރޫޕު މެމްބަރުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމާއި ކެމްޕެއިން ކުރުމަށް އިތުރު ވަގުތު ހޯދުމާ ގުޅޭގޮތުން އެ ޕާޓީގެ ކައުންސިލުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.
"..މިހާރު ދަންނަވާލަން ބޭނުންވަނީ ހއ. އިން ފެށިގެން ސ. އަތޮޅާ ހަމައަށް ތިބި ހުރިހާ ލޯކަލް ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުން އެބޭފުޅުންގެ އިންތިހާބަށް ތައްޔާރުވެވަޑައިގަންނަވާށޭ. އެބޭފުޅުންނަށް ކެމްޕެއިން ކުރުމަށް ސަރުކާރާއި ވަޒީރުން، މެމްބަރުން އަދި ޕީޖީ މެމްބަރުން މިއަންނަނީ ތައްޔާރުވަމުންނޭ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ހޯދަން ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ އާދިއްތަ ދުވަސް ކަމުގައި އިއުލާންކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ފެކްޝަންގެ ނިއުސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ އެ އިއުލާނަށް އަމަލުކުރަން ނުޖެހޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތުގެ ކުރިން އެކަމަށް ގޮތްތަކެއް ފަހިކޮށްދޭނެ ކަމަށެވެ. އެކަމަކު ފޯމު ހުށަހަޅަންވީ ކޮން އޮފީހަކަށް ކަމެއް ނިހާން ވިދާޅެއް ނުވެ އެވެ.
މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އަންނަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފޯމު ޕީޕީއެމްގެ އޮފީހަށް ހުށަހަޅަމުންނެވެ. ނަމަވެސް ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ޕާޓީގެ މަސައްކަތްތައް ކުރަމުން އަންނަނީ ޖަނަވަރީ މަގުގައި ހުންނަ، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންނެވެ.
ޕީޕީއެމްގައި ބައިބައިވުން އުފެދި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރު ނުވެވި އެ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.
ނިހާން ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންގެ ހަރަދާއި ތާއީދު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރައީސް ޔާމީންގެ ފެކްޝަނުން ކުރާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ވެސް ޕީޕީއެމުން ސާފު އަގުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމަށެވެ.
އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ މި މަހުގެ 26 އާ ހަމަޔަށް ހުޅުވާލައިފަ އެވެ.
"އިންތިހާބަށް 250އަށްވުރެ ގިނަ ފޯމު ލިބިއްޖެ"
އިންތިހާބަށް ތައްޔާރުވާން މައުމޫން އެދިވަޑައިގެންފި
އަންނަ އަހަރު 980 ކައުންސިލަރުން އިންތިހާބު ކުރާނެ
މުއްދަތު ހަމަވިއިރު، ޕީޕީއެމުން ފޯމް ހުށަހެއް ނާޅާ
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ
ވާދަ ނުކުރެވޭ ގޮތް ހެދުން ގާނޫނުއަސާސީއާ ހިލާފު
"މުއްދަތު އިތުރު ކުރުމަކީ ރައީސަށް ކޮށްދިން ކަމެއް"
653 ކައުންސިލަރުން އިންތިހާބުކުރާނެ
އިންތިހާބުގައި އީސީގެ މައި މަރުކަޒަކީ ބާ ޖަމާލުއްދީން
ފޯމު ހުށަހެޅުމުގެ މުއްދަތު މައުމޫން ފެކްޝަނުން އިތުރުކޮށްފި