22 އެޕްރީލް 2020
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގައި ރިސޯޓްތަކުން މީހުން ފޭބުން މަނާކުރުމަށް ފަހު އެކަމުގައި ލުއި ދީ، ހަމަޖެއްސި އުސޫލާ އެއްގޮތަށް ރިސޯޓުތަކުން ދާ މީހުން އެ މީހުންގެ ރަށްރަށް ދިއުމުން ރަށަށް ނާރުވާ މައްސަލަ ދިމާވާ ކަމަށާއި އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށް ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގައި ރިސޯޓްތަކުން މީހުން ފޭބުން މަނާކުރުމަށް ފަހު އެކަމުގައި ލުއި ދީ، ހަމަޖެއްސި އުސޫލާ އެއްގޮތަށް ރިސޯޓުތަކުން ދާ މީހުން އެ މީހުންގެ ރަށްރަށް ދިއުމުން ރަށަށް ނާރުވާ މައްސަލަ ދިމާވާ ކަމަށާއި އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށް ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރިލީޒް ލިބި ރަށަށް ދިއުމުން ރަށަށް އެރުން މަނާކުރާ މައްސަލަ ދިމާވެ އެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރިލީޒް ލިބިފައިވާ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް، އެ މީހުން ރަށަށް ދެވޭނެ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އެގޮތުން، އެ ރިސޯޓެއްގައި ހުރި މުވައްޒަފަކު ދަތުރުކުރާ ރަށަކަށް ރިސޯޓުން އެކަން އަންގަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އެއްވެސް ރަށަކަށް އެ މީހުން އެރުން މަނާނުކުރެވޭނެ ކަމަށާއި އެ މީހުން ރަށަށް އެރުމުގެ އިންތިޒާމު ހަމަޖައްސާދޭން ޖެހޭނީ ކޮވިޑް-19 އަށް ހާއްސަކޮށް އެ ރަށެއްގައި ކަނޑައަޅާފައި އޮންނަ ޓީމުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން އެ ރަށުގެ ހާލަތަށް ރިއާޔަތްކޮށް އެމީހަކު އައިސޮލޭޓްކޮށް ނުވަތަ ކަރަންޓީންކުރާނެ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނީ އެރަށެއްގައި އޮތް ޓީމަކުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މިކަހަލަ ކޭސްތަކަށް ބަލާއިރު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ދަތިތައް ދިމާވާ ނަމަ ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން ވެސް އެ މިނިސްޓްރީން އެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 ފުރަތަމަ ފެނުނީ ރިސޯޓަކުންނެވެ. އޭގެ ފަހުން ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުން ފޭބުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ ރިސޯޓުތަކުން އެންމެ ފަހު ޓޫރިސްޓް ފައިބާތާ 14 ދުވަސް ހަމަވުމުން ރިސޯޓުން މުވައްޒަފުން ފޭބުން ހުއްދަކޮށްފަ އެވެ.
ރާއްޖޭން މިހާތަނަށް 41 ދިވެއްސަކަށާއި 45 ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އާންމުންގެ ތެރޭގައި މި ބަލި ފެތުރެން ފެށީ ރިސޯޓަކަށް އައި ޓޫރިސްޓެއްގެ ކިބައިން ބަލި ފެނުނުތާ 40 ދުވަސް ފަހުން މާލޭގަ އެވެ.
ރަށަށްދާން ބޭނުންވާ 42 މީހަކު ކަރަންޓީންކޮށްފި
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ
"ކަރަންޓީނަށް ބޭނުންކުރާ އިރު ރިސޯޓްގެ ކުލި މާފުވާނެ"
ކޮވިޑް-19: ހަކުރާހުރާ އިން ޝައްކުވި މީހާ ނެގެޓިވް
ހަކުރާހުރާ ކޭހާ ގުޅިގެން ގިނަ ބަޔަކު އައިސޮލޭޓްކޮށްފި
ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ