Roadha Mihaaru
ކޮވިޑް-19: އުނދަގޫ ވަގުތު ކުޅިވަރު ތަރިންގެ އެހީ

ކޮވިޑް-19: އުނދަގޫ ވަގުތު ކުޅިވަރު ތަރިންގެ އެހީތަކެއް

21 އެޕްރީލް 2020

ކޮޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ކުޅިވަރު މުބާރާތްތަކާއި ޕްރެކްޓިސްތައް މިވަގުތު އޮތީ ހުއްޓާލައިފަ އެވެ. އެހެންވިޔަސް، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުޅިވަރު ކުޅުންތެރިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ހުއްޓުމެއް ނެތެވެ. އެގޮތުން މި ހާލަތުގައި އެކިގޮތްގޮތުން އެކި ފަރާތްތަކަށް އެހީވުމުގައި ބައެއް ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

ކޮޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ކުޅިވަރު މުބާރާތްތަކާއި ޕްރެކްޓިސްތައް މިވަގުތު އޮތީ ހުއްޓާލައިފަ އެވެ. އެހެންވިޔަސް، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުޅިވަރު ކުޅުންތެރިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ހުއްޓުމެއް ނެތެވެ. އެގޮތުން މި ހާލަތުގައި އެކިގޮތްގޮތުން އެކި ފަރާތްތަކަށް އެހީވުމުގައި ބައެއް ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

ރާއްޖޭން 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލި ގައުމީ ޓީމުގައި ހިމެނޭ ހދ. ނޮޅިވަރަންފަރަށް އުފަން އިބްރާހިމް ވަހީދު (އިއްބެ) ވަނީ އަމިއްލަ ރަށުގެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. ނޮޅިވަރަންފަރަށް ލިބުނު ފަހުރެއްގެ ގޮތުގައި އެ ރަށުގެ ގިނަ ބަޔަކު ސިފަކުރާ އިއްބެ އަކީ އަބަދުވެސް ރަށު ފެންވަރުގައި ކުރާ ގިނަ ކަންތައްތަކުގައި ބައިވެރިވާ ޒުވާނެކެވެ. މި އުނދަގޫ ވަގުތުގައި ވެސް އިއްބެ އަންނަނީ ރަށުގެ މީހުންނަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިވަމުންނެވެ.

ނޮޅިވަރަންފަރު ގޭގެ އަށް ކާޑު ގެންގޮސްދިނުމުގައި އިއްބެ ބައިވެރިވާ ވީޑިއޯ.

މި ވަގުތު ދަތި ހާލުގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެހީވުމުގެ ގޮތުން ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ހަސަން އަދުހަމް (ސަޑޭ) ވަނީ އިސްނަގައިފަ އެވެ. އަދުހަމް ނިންމާފައިވަނީ ކުރިއަށް އޮތް ރޯދަ މަހުގައި ބަންގްލަދޭޝްގެ ދެ މީހަކަށް ރޯދަ ވީއްލުމާއި ތަރާވިސް އަދި ހާރުކާން ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.

އަދުހަމް ކޮށްފައިވާ ޓްވީޓް.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ސްޕޯޓްސް މިނިސްޓްރީން ވަނީ ގޭބިސީތަކަށް ބޭނުންވާ ތަކެތި ޑެލިވަރީ ކުރުމަށް ވޮލަންޓިއަރުން ހިދުމަތްތަކެއް ފަށައިފަ އެވެ. މި ކަމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތްތަށް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކަމުގައި ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް ރޭ ބައިވެރިވި އެވެ.

ޔޫތު މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް.

މި އުނދަގޫ ވަގުތުތަކުގައި ސިފައިންގެ ފަރާތުން ދިވެހިންނަށް އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ލިބެމުންނެވެ. އަމިއްލަ އާއިލާއާ ދުރުގައި ސިފައިން މަސައްކަތްކުރަމުން އަންނައިރު، ސިފައިންގެ ގޭގައި މަސައްކަތްކުރާ ކުޅިވަރު ކުޅުންތެރިން ވެސް އަންނަނީ އެ ކަންތައްތަކުގައި ބައިވެރިވަމުންނެވެ. އެ ގޮތުން ގައުމީ ވޮލ ބޯޅަ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުމަށް ފަހު ދާދި ފަހުން ރިޓަޔާކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ވަނީ ޑެލިވަރީ ކުރުމުގައި ބައިވެރިވެފަ އެވެ.

ފޭސްބުކްގައި ކާއްޓޭ ކޮށްފައިވާ ޕޯސްޓް.

ވޮލީބޯޅަ އެސޯސިއޭޝަންގެ އެންމެ އިސް މަސްއޫލިއްޔަތާ ހަވާލުވެހުރި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ އާންމުންނަށް އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވެފަ އެވެ. ކާއްޓޭގެ އެހީތެރިކަން ލިބިފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ދިގު މުއްދަތަށް ބޭސްކާން ޖެހިފައިވާ މީހުންނަށް ބޭސް ފޯރުކޮށްދިނުމުގަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 82 މީހުން ޕޮޒިޓިވްވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ސަރުކާރުން އަންނަނީ މި ބަލި ފެތުރުނަ ނުދޭން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

ދަގަނޑޭގެ މެސެޖް.

ކޮވިޑް-19 އާ ހެދި ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތެއް ވެސް ހުއްޓިފައިވާއިރު، މި އަހަރަކީ ރާއްޖޭގެ ކުޅިވަރު އާއިލާ އަށް ވެސް ވަރަށް އުނދަގޫވާނެ އަހަރެއް ކަމަށް އެސޯސިއޭޝަންތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން މުބާރާތްތައް ހުއްޓާލާފައިވާތީވެ މާލީ ގޮތުން ކުޅުންތެރިންނާއި ކްލަބްތަކަށް ގެއްލުން ވާނެ އެވެ.