Roadha Mihaaru
އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

20 އެޕްރީލް 2020

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން އިއުލާނުކޮށްފައިވާ ކޭސް 26 އަކީ ޕޮޒިޓިވް ކޭސްއެއް ކަމަށް މިހާރު ނުބަލާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން އިއުލާނުކޮށްފައިވާ ކޭސް 26 އަކީ ޕޮޒިޓިވް ކޭސްއެއް ކަމަށް މިހާރު ނުބަލާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ބްރީފިން އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އެކްޓިވް ކޭސްތަކުގެ ދެވަނަ ކެޓަގަރީއެއްގެ ގޮތުގައި މިހާރު ބަލާ ޕްރޮބަބުލް ކޭސް އެއްގެ ގޮތުގައި ގުނާ އެއް ކޭހަކީ ކޭސް 26 ކަމަށެވެ. މިހާތަނަށް ކޭސް ނަމްބަރު ނުދީ އޮތް ކޭހެއް ވެސް އެެގޮތަށް ކެޓަގަރައިޒްކޮށްފައި ވެ އެވެ.

"އެކޭސްތައް އަޅުގަނޑުމެން އިއުލާނެއް ނުކުރަން، އެ ކޭސްތައް ނެގެޓިވް ވީމާ ވެސް ޑރ. ނަޒްލާ މުސްތަފާ އެ ވިދާޅުވި ހެން ވަރަށް ކުޑަ ފުރުސަތެއް ވެސް ބަލި ޖެހުމުގެ އޮންނާތީވެ އެ ފަރާތްތައް ވެސް ހަމަ އަލާމާތްތައް ފެނުމަށް ފަހު 14 ދުވަސް ވަންދެން އަޅުގަނޑުމެންގެ ފޮލޯ އަޕްގައި މޮނިޓަރިންގެ ދަށުގައި ބައިތިއްބާފައި އަޅުގަނޑުމެން ދޫކޮށްލަނީ. އެ ކޭސްތައް އަޅުގަނޑުމެން ސަސްޕެކްޓެޑް ކޭސްތަކުގެ ގޮތުގައި އިއުލާނެއް ނުކުރަން. އެހެންވީމާ މިހާރު މިހިރަ ކޭސްތަކަކީ ކޮންފޯމްޑް ކޭސް. އިތުރު ދެ ޕްރޮބަބުލް ކޭސް އަޅުގަނޑުމެންގެ އުޅޭނީ ހަމަ އެގޮތަށް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޗްޕީއޭއިން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޕީޑިއަޓްރިކް އިންފެކްޝަން އެކްސްޕާޓް ޑރ. ނަޒްލާ މުސްތަފާ މިރޭގެ ޕްރެސް ބްރީފިންގައި ވިދާޅުވީ ޕޮރޮބަބްލް ކޭސްއެއް ކަމަށް ބަލާނީ އެއްވެސް ސަބަބަކާ ހެދި، ތަފާތު ދެ ނަތީޖާއެއް ލިބޭ ކޭސްތަކުގެ ތެރެއިން ބައްޔަށް ހުށަހެޅިފައިވާ މީހުން ކަމަށެވެ. އެގޮތުން އެފަދަ މީހުން ފުރަތަމަ ޕޮޒިޓިވް ވުމަށް ފަހު ޑަބަލް ނެގެޓިވް ވިޔަސް، ނެގެޓިވް ކޭހެއްގެ ގޮތުގައި ދޫކޮށެއް ނުލާނެ އެވެ. އެއީ ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓް ވުމާއި އެނޫން ކަންތައްތަކަށް ބަލައިގެން ކެޓަގަރައިޒްކުރާ އުސޫލެކެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެގޮތަށް މެދުވެރިވާ ކޭސްތައް އިއުލާނު ނުކުރާ ކަމަށާއި އެކަމަކު އެމީހުން ކަރަންޓީނުކޮށްގެން ބަލަހައްޓާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ ކޭސްތަކަކީ ކޮންފޯމްޑް ކޭސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކޭސްތައް އަޅުގަނޑުމެން އިއުލާނެއް ނުކުރަން އެ ކޭސްތައް ނެގެޓިވް ވީމަ ވެސް ޑރ. ނަޒްލާ މުސްތަފާ އެ ވިދާޅުވި ހެން ވަރަށް ކުޑަ ފުރުސަތެއް ވެސް ބަލި ޖެހުމުގެ އޮންނާތީވެ އެފަރާތްތައް ވެސް ހަމަ އަލާމާތްތައް ފެނުމަށް ފަހު 14 ދުވަސް ވަންދެން އަޅުގަނޑުމެންގެ ފޮލޯ އަޕްގައި މޮނިޓަރިންގެ ދަށުގައި ބައިތިއްބާފައި އަޅުގަނޑުމެން ދޫކޮށްލަނީ. އެ ކޭސްތައް އަޅުގަނޑުމެން ސަސްޕެކްޓެޑް ކޭސްތަކުގެ ގޮތުގައި އިއުލާނެއް ނުކުރަން. އެހެންވީމާ މިހާރު މިހިރަ ކޭސްތަކަކީ ކޮންފޯމްޑް ކޭސް. ދެން އިތުރު ދެ ޕްރޮބަބުލް ކޭސް އަޅުގަނޑުމެންގެ އުޅޭނީ ހަމަ އެގޮތަށް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ރަފީގު މިހެން ވިދާޅުވި ނަމަވެސް ޕްރެސް ބްރީފިންގެ ލައިވް ނިމުމަށް ފަހު އެ ކަންތަކުގެ އިތުރު ތަފްސީލް ހޯދަން ކުރި ގިނަ ސުވާލުތަކަކަށް ފަަހު މަބްރޫކް ވިދާޅުވީ ޕްރޮބަބްލް ދެ ކޭސްގެ ތެރެއިން އެއް ކޭހަކީ ޕޮޒިޓިވް ކޭސް އެއްގެ ގޮތުގައި މިހާރު އިއުލާނުކޮށްފައިވާ ކޭސް 26 ކަމަށެވެ.

އެއީ މާލެއިން ޕޮޒިޓިވްވި ކަމަށް އިއުލާނު ކުރި މީހުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ އަންހެންމީހާ އެވެ. އޭނާއަކީ ކޭސް 23 ގެ ކޮންޓެކްޓެކެވެ. ޕްރޮބަބުލް އަނެއް ކޭހަކީ ވެސް އެ ކްލަސްޓާގައި ހިމެނޭ އަންހެނެކެވެ.

އެ ދެ މީހުންނަކީ އެ ކްލަސްޓާގެ އިންޑެކްސް ކޭސް ކަަމަށް ބަލައިގެން އެ މީހުންގެ އަބުރަށްް ހުތުރުވާ ފަދަ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ފެތުރި އެވެ. އެކަމަކު މާލޭގެ އެއްވެސް ކްލަސްޓާއެއްގެ އިންޑެކްސް ކޭސްއެއް އަދި ނުހޯދެ އެވެ. އިންޑެކްސް ކޭސްއަކަށް ތުހުމަތު ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ވެސް އޭގެ ތެރޭގައި ނުހިމެނެ އެވެ.