Roadha Mihaaru
ގޮއިދޫގެ ދަނޑެއް ކޮށާލައިފި

ގޮއިދޫގެ ދަނޑެއް ކޮށާލައިފި

20 އެޕްރީލް 2020

ބ. ގޮއިދޫގައި ދަނޑުވެރިއަކު ހައްދާފައިވާ ފާގަ އާއި ޗިޗަންޑާ ދަނޑަކަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބ. ގޮއިދޫގައި ދަނޑުވެރިއަކު ހައްދާފައިވާ ފާގަ އާއި ޗިޗަންޑާ ދަނޑަކަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އެ ދަނޑުގައި ޗިޗަންޑާ އާއި ފާގަ ގިނަ އަދަދަކަށް އަޅާފައިވަނިކޮށް ރޭ ވަނީ އެ ތަކެއްޗާ އެކު، ވެޔޮ ވެސް ކޮށާލައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކޮށްފައިވާނިކޮށް ހިންގާފައިވާ އެ އަމަލު ކުށްވެރިކޮށް ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ޓްވީޓް--

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވިގޮތުގައި އެ ރަށުގައި ގިނަ ދަނޑުތަކެއް ހައްދާފައިވާއިރު ގެއްލުންދީފައިވަނީ އެ ދަނޑަށް އެކަންޏެވެ. އަދި އެއީ ކީއްވެ ކުރި ކަމެއްކަން ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ރޯދަ މަހާ ދިމާކޮށް ދަނޑުވެރިން އަންނަނީ ގިނަ ތަކެތި ހައްދަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން އެ ތަކެތި މާލޭ ބާޒާރަށް ގެނައުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ސަރުކާރުން އަންނަނީ އެ ތަކެތި ގަނޑުކޮށް ގަތުމަށް ތައްޔާރުވަމުންނެވެ.