18 އެޕްރީލް 2020
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ނަމަވެސް އަންނަ ހަފްތާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ނަމަވެސް އަންނަ ހަފްތާގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން މިގޮތަށް ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޭންކްތައް ހުޅުވާނީ މާދަމާ އާއި ހޯމަ ދުވަހުގެ ގޮތުގައި ކަނޑައެޅުމުންނެވެ. މި ދެ ދުވަހު ބޭންކުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 12:30 އަށެވެ. މާދަމާ ހިދުމަތް ދެނީ އެމްއައިބީގެ މާލެ ބްރާންޗުން އެކަންޏެވެ. އެގޮތުން ހިދުމަތް ހޯދަން ދާ މީހުން އޮންލައިންކޮށް ކިއު ނަންބަރު ނަގައިގެން ކިއު ނަންބަރު ވީހާ ވެސް ކައިރިވުމުން ބޭންކަށް ދިއުމަށް އެ ބޭންކުން އެދެ އެވެ.
ހިދުމަތް ހޯދުމަށްޓަކައި ކަސްޓަމަރުން ބޭންކަށް ވައްދަމުން ދާނީ ގައިގޯޅި ނުވާނެ ވަރަކުން އެޗްޕީއޭއިން އަނގާފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.
އޮންލައިކޮށް ނަންބަރު ނެގުމަށް ބޭންކުގައި ބޭނުން ކުރާ އޮންލައިން ކިއު އެޕްލިކޭޝަން "އޭންޓް ކިއު" ބޭނުން ކުރެވޭނެ އެވެ. އޭންޓް ކިއު ޑައުންލޯޑް ކުރުމަށް ޓަކައި mib.shor.tn/onlinequeue. ބޭނުން ކުރުމަށް އެމްއައިބީން އެދެ އެވެ. މި އެފްލިކޭޝަން އެޕަލް އެޕް ސްޓޯރާއި ގޫގްލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.
މީގެ އިތުރުން ޓީޓީ ބޭނުން ކުރާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޯމް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުން tradefinance@mib.com.mv އަށް އީ-މެއިލް ކުރުމުން ބޭންކުން ޓީޓީ ފޯމު ޕޮރެސްސް ކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
އެމްއައިބީން ބުނީ، 50،000ރ. އަށް ވުރެ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރުމާއި މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ޖަމާކުރުމާއި އެހެން ބޭންކްތަކަށް ފައިސާ ޖަމާކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ ބޭންކުން ބުނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުުގައި ލެޓާ އޮފް ކްރެޑިޓްގެ ހިދުމަތުގެ އިތުރުން ރާއްޖޭން ބޭރުން ލިބޭ ފައިސާ ޖަމާކޮށްދިނުމުގެ ހިދުމަތް ދިން ނަމަވެސް މި ހިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ ކަމަށެވެ.
މި ނޫން އިތުރު ހިދުމަތްތައް މި ވަގުތަށް މަޑުޖައްސާލައިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
މާލެ ލޮކްޑައުންކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ވޭތުވެދިޔަ ހަތަރު ހަފްތާ ވެސް ސަރުކާރު ބަންދުކޮށްފައިވާތީ، ބޭންކްގެ ހިދުމަތްތައް ދީފައިވަނީ މަދު ދުވަސްތަކެއްގަ އެވެ.
އެމްއައިބީއިން އުޖާލާ ކޭޝް ތައާރަފްކޮށްފި
މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ
ބޭންކުތަކުގެ ބޯޑުގެ މުއްދަތު ކުޑަ ކުރަން ހުށަހަޅައިފި
ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް އިފްތިތާހުކޮށްފި
އެމްއައިބީ އިން ބޭންކިން ދާއިރާގައި އާ މިސްރާބަކަށް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
މާލީ އިދާރާތަކުގެ ގަވައިދާ ގުޅޭ މައްސަލަ ކޮމިޓީން ނުބަލަން ނިންމައިފި
އެމްއައިބީގެ ހިދުމަތްތައް މާދަމާ ވެސް ލިބޭނެ