Roadha Mihaaru
ކޮވިޑް-19:ޓްރީޓޮޕުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި

ކޮވިޑް-19 އާ ގުޅިގެން ޓްރީ ޓޮޕުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި

13 އެޕްރީލް 2020

ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޓްރީ ޓޮޕުން ބުނީ، އެ ހޮސްޕިޓަލަށް ދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހޮސްޕިޓަލަށް ވަންނަ ބަލިމީހުން ސްކްރީން ކުރުގެ ޕްރޮސީޖަރެއް ހޮސްޕިޓަލުގައި މިދިޔަ މަހުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ސްކްރީނިން ޕްރޮސީޖާގެ ދަށުން ހޮސްޕިޓަލަށް ދާ ހުރިހާ އެންމެން ހޮސްޕިޓަލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ޗެކްކޮށް، މައުލޫމާތު ފޯމެއް ފުރަންޖެހެ އެވެ. މީގެ އިތުރުން މި ފޯމުގައި ރޯގާގެ އެއްވެސް އަލާމާތެއް ވޭތޯ ބަލައި، މީހާގެ ޓްރެވަލް ހިސްޓްރީ ޗެކް ކުރެވެ އެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަވާ ނަމަ ހާއްސަ ފްލޫ ކްލިނިކް ސަރަހައްދަކަށް ވަކި ދޮރަކުން ބަލިމީހާ ގެންދެ އެވެ. މި ފްލޫ ކްލިނިކަކީ މާޗް 17 އިން ފެށިގެން އެ ހޮސްޕިޓަލުން ތައާރަފް ކޮށްފައިވާ ހިދުމަތެކެވެ. މި ކްލިނިކުން ބެލުމަށްފަހު ބަލި މީހާ އިމަޖެންސީ އަށް ނުވަތަ ފަރުވާއާ ގުޅޭ ޑިޕާޓްމެންޓަކަށް ގެންދެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް ހިދުމަތް ދެނީ-- ފޮޓޯ: ޓްރީ ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް ހިދުމަތް ދެނީ-- ފޮޓޯ: ޓްރީ ހޮސްޕިޓަލް

ފްލޫ ކްލިނިކްގެ ސަބަބުން ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރެވި އަރިދަފުސް ރޯގާއާ އެހެން އިންފެކްޝަން ފެތުރުމުގެ ފުރުސަތު ކުޑަކުރެވިފައިވާ ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ޒިޔާރަތް ކުރާ ގަޑިތަކެއް ކަނޑައެޅުން ހިމެނެ އެވެ. މިގޮތުން އިން-ޕޭޝަންޓް ޕްރައިވެޓް ރޫމްތަކާއި ސުއީޓަށް ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ވަގުތުތަކަކީ ހެނދުނު 11:00 ން މެންދުރު 12:00 އަދި ހަވީރު 6:00 ން ރޭގަނޑު 7:00 އަށެވެ. އެގޮތުން އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރެވޭނީ ފަހަރަކު މީހަކަށެވެ. އަދި 14 އަހަރުން ދަށުގެ އެއްވެސް ކުޑަ ކުއްޖަކު އެ ސަރަހައްދަށް ޒިޔާރަތް ނުކުރަން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ މީހަކު ސެނަޓައިޒާ ބޭނުން ކުރަނީ-- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ މީހަކު ސެނަޓައިޒާ ބޭނުން ކުރަނީ-- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ގުޅިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުއައްޒަފުން އެކުލެވޭހެން ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް، ހޭންޑް ހައިޖީން އަދި ކްރިޓިކަލް ކެއަ ޓްރެއިނިން ސެޝަންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިހާތަނަށް އެ ހޮސްޕިޓަލުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ އެއްވެސް ބަލި މީހަކަށް ފަރުވާ ދީފައެއް ނުވެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ސާފުކުރުމަށާއި އެޕޮއިންޓްމަންޓް ހޯދުމަށް 3351610 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.