13 އެޕްރީލް 2020
ކޮވިޑާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ (އޯޓީ) ދޭނީ ހަ ގަޑިއިރުގެ މަސައްކަތަށް ފަހު ކަމަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައި، އެކަން އަންގައިފި އެވެ. ކުރިން އޮތް ގޮތުން ނަމަ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް ވެސް އޯޓީ ލިބެ އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ (އޯޓީ) ދޭނީ ހަ ގަޑިއިރުގެ މަސައްކަތަށް ފަހު ކަމަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައި، އެކަން އަންގައިފި އެވެ. ކުރިން އޮތް ގޮތުން ނަމަ، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް ވެސް އޯޓީ ލިބެ އެވެ.
ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮވިޑް-19ގެ ސަބަބުން އޮފީސްތައް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އޯޓީ ލިބޭނީ ވެސް އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އޯޓީ ލިބޭ މުވައްޒަފުންގެ ތެރޭގައި ހިމެނޭނީ އޮފީސްތައް ނުހުޅުވާ ހުންނަ މުއްދަތުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ދޭން ނެރޭ މުވައްޒަފުންނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތައް އެޅުމަށް ނެރޭ މުވައްޒަފުންނާއި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ހިދުމަތް ދޭން އެ އިދާރާއެއްގެ އިސް ވެރިޔާ ނެރޭ މުވައްޒަފުންނެވެ.
އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 2:00 އެވެ.
ފިނޭންސުން ބުނީ އެ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ނުފެތޭ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ދޭން ޖެހޭ އިނާޔަތްތައް ނުލިބޭނެ ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންނާ މަސައްކަތް ހަވާލު ކުރާއިރު އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތް ހަވާލު ކުރުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އިތުރު ގަޑީގެ ފައިސާ ދޭއިރު ބަންދު ދުވަސްތަކުގެ ގޮތުގައި ބަލާނީ ރައީސް ކަނޑައަޅުއްވާ ގައުމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކެވެ. މި ދުވަސްތަކުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކުރި ފުރަތަމަ ދެ ހަފްތާ ނުހިމެނޭނެ ކަމަށް ވެސް ފިނޭންސްގެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
އިތުރު ގަޑީގެ ފައިސާ އުނިކުރި މައްސަލަ މަޖިލީހަށް
ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފި
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަނީ
ރޯދަ އިނާޔަތް 3000 އަށް ވުރެ ބޮޑު ނުކުރަން އެދެފި
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ މަހު ބޮޑުކުރަނީ
ފިނޭންސުން ވަކިކުރި މުވައްޒަފުން އެހެން އޮފީސްތަކަށް
މި މަހުގެ މުސާރައާ އެކު ރޯދަ އިނާޔަތް ދޭން އަންގައިފި
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި