Roadha Mihaaru
ލަންކާގައި މަރުވާ މީހުން އެންދުން މަޖްބޫރުކޮށްފި

ކޮވިޑް-19: ލަންކާގައި މަރުވާ މީހުން އެންދުން މަޖްބޫރުކުރުމުން މުސްލިމުން ރުޅިގަދަވެއްޖެ

13 އެޕްރީލް 2020

ކޮލަމްބޯ (އެޕްރީލް 13) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ މަރުވާ މީހުން އެންދުން ސްރީ ލަންކާ ސަރުކާރުން މަޖްބޫރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 13) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ މަރުވާ މީހުން އެންދުން ސްރީ ލަންކާ ސަރުކާރުން މަޖްބޫރުކޮށްފި އެވެ.

ލަންކާ ސަރުކާރުން މި ގޮތަށް މަޖްބޫރުކުރި އިރު ކޮރޯނާވައިރަހުގައި މަރުވާ މުސްލިމުން އަންދާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުސްލިމުން ބުނަމުން ދަނީ މަރުވާ މުސްލިމުން އެންދުމަކީ އިސްލާމީ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.

ކޮރޯނާވައިރަހުގައި ލަންކާ އިން މިހާތަނަށް މަރުވި ހަތް މީހުންގެ ތެރޭގައި ހިމެނޭ ތިން މުސްލިމުންގެ ހަށިގަނޑު ވެސް ވަނީ، އާއިލާ އިން ނުރުހުން ފާޅުކުރަމުން ދަނިކޮށް، އަންދައިފަ އެވެ.

"ކޮރޯނާވައިރަހުގައި މަރުވާ އެންމެންގެ ހަށިގަނޑު ޖެހޭނީ އަންދަން،" ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ އިއްޔެ ވިދާޅުވި އެވެ.

ލަންކާ ސަރުކާރުގެ މި ނިންމުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

"ހިތާމަވެރި މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ބައިބައިވުން އުފެދޭ ކަންކަން ކުރުމުގެ ބަދަލުގައި އެންމެން އެކަތިގަނޑަކަށް ހެދުމަށް،" އެމްނެސްޓީގެ ސައުތު އޭޝިއާ ޑިރެކްޓަރު ބިރާޖް ޕަޓްނިކް މި މަހު ކުރީކޮޅު ވިދާޅުވި އެވެ.

މުސްލިމުން އަންދާ މައްސަލައިގައި ލަންކާގެ މުސްލިމް ކައުންސިލުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ ގައިޑްލައިނުގައި ބުނެފައި ވަނީ ކޮވިޑް-19 ގައި މަރުވާ މީހުން އެންދުން ނުވަތަ ވަޅުލުމަށް ކަމަށެވެ.

ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. ލަންކާ އިން ކޮރޯނާވައިރަހަށް 210 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.