Roadha Mihaaru
އަމީތާބްގެ "ޝެހެންޝާހް" ގެ ރިމޭކެއް ރަންވީރާ އެކު

އަމީތާބް ބައްޗަންގެ "ޝެހެންޝާހް"ގެ ރިމޭކެއް ރަންވީރާ އެކު

13 އެޕްރީލް 2020

މީގެ 32 އަހަރު ކުރިން ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝެހެންޝާހް" ގެ ރިމޭކެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 32 އަހަރު ކުރިން ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމު "ޝެހެންޝާހް" ގެ ރިމޭކެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުގެ ޑައިރެކްޓަރު ޓިނޫ އާނަންދާ ހަވާލާދީ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ 1988 ގައި ގެނެސްދިން "ޝެހެންޝާހް" ގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އަދި ފިލްމާ ބެހޭ މައުލޫމާތުތައް ރަސްމީކޮށް ހިއްސާކުރާނީ ކޮރޯނާވައިރަހާ ހެދި ހުއްޓުމަކަށް އައިސްފައިވާ ފިލްމީ މަސައްކަތްތައް އަލުން ފެށުމުން ކަމަށް ޓީނޫއާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

އެކަމަކު "ޝެހެންޝާހް" އަމީތާބް ކުޅުނު ކެރެކްޓާ ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން އޭނާ އެއްޗެއް ނުބުނި ނަމަވެސް، ބައެއް މީޑިއާތަކުން ބުނީ ރަންވީރު ސިންގްއާ އެކު މަޝްވަރާތަކެއް ކުރިއަށްދާކަން އެނގިފައިވާ ކަމަށެވެ.

އަމީތާބް ވަރަށް ތަފާތު ކޮސްޓިއުމެއް ބޭނުންކުރި އަދި ފުލުހެއްގެ ރޯލް ކުޅުނު ފިލްމުގައި ބަތަލާ އަކީ މީނާކްޝީ ސެޝަދާރީ އެވެ. އަދި "ޝެހެންޝާހް" ގެ ވިލަން އަކީ އަމްރިޝް ޕޫރީ އެވެ.

ފިލްމުތައް ވެސް ކުޅޭ ޓީނޫ، 74، އަމީތާބާ އެކު ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 1998 ގެ "މޭޖާ ސާހަބް" އާއި 1989 ގެ "މޭ އާޒާދު ހޫނ" އާއި 1981 ގެ "ކާލިއާ" ހިމެނެ އެވެ.