ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް އަދި އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދޭން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
10 އެޕްރީލް 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް އަދި އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދޭން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެމަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކޮށްފަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެ މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ކޮވިޑް-19 ގެ ބިރު ރާއްޖެ އަށް ވެސް އޮތްއިރު ޔާމީންގެ އިސްތިއުނާފް ޝަރީއަތް ކުރިއަށް ނުގޮސް ދިގުލައިގެންދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ޖަލުތަކުގައި ތިިބި ސިޔާސީ ކުށްވެރިން މި ދުވަސްވަރު މިނިވަން ކުރަން އދ. އިން ވެސް ގޮވާލާފައިވާ ކަމަށާއި އެގޮތަށް އެހެން ގައުމުތަކުން އަމަލު ކުރަމުން ދާއިރު، ޔާމީން އަދިވެސް ޖަލުގައި ބާއްވައިގެން އެކި ގޮތްގޮތުން ނިކަމެތިކަން ދިނުމަށް މަސައްކަތް ކުރާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ވީޑިއޯ ކޮންފަރެންސްކޮޮށް ބައެއް ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ގެންދާއިރު ހައި ކޯޓުގެ ޝަރީއަތްތައް ވެސް އެގޮތަށް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށާއި އެހެންވެ، އެ މައްސަލަ އަވަހަށް ކުރިއަށް ގެންގޮސްދޭން ގޮވާލާ ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި އެއްބައިވަންތަކަށް އިސްކަން ދިނުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލު ކުރަން ވެސް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާތީ، އިންސާފު ބޭރުން އަނިޔާ ލިބެމުންދާ ހަމައެކަނި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރުން މިހާރަށް ގެއަށް ބަދަލުކޮށް ދެއްވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށް ދިނުމަށާއި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދޭން އިދިކޮޅު ކޯލިޝަނުން ގޮވާލިއިރު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށް ދޭން ހައި ކޯޓުގައި ވެސް އެމަނިކުފާނުގެ ފަރާތުން ކުރިން އެދުނެވެ. އެކަމަކު ހައި ކޯޓުން ނިންމާފައިވަނީ އެމަނިކުފާނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.
"އެއްވުމަކުން ހައްޔަރުކުރި މީހަކު ބަންދުކުރީ ގޯސްކޮށް"
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!
ޕްލޭން ބީއެއް ނެތި އިދިކޮޅަށް އިންތިހާބު ގެއްލިދާނެ؟
ޔާމީން ހުންނެވީ ގައުމާ މެދު ކަންބޮޑުވެފައި: އިދިކޮޅު
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
"ޔާމީންގެ މައްސަލާގައި ހައިކޯޓުން ބައްދަލެއް ނުކުރި"
ހައިކޯޓު ފަނޑިޔާރުންނާ ބައްދަލުކުރަން އިދިކޮޅުން އެދެފި
ޔާމީނަށް ކަފާލާތު ނުދެނީ އިންތިޚާބު ގާތްވުމުން:އިދިކޮޅު
ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: ސައީދު
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް