09 އެޕްރީލް 2020
ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކުން މީހުން ފޭބުން މަނާކޮށްފައިވާ މުއްދަތު ހަމަވެ، އެ ރިސޯޓްތަކުން މީހުން ފައިބަން ހުއްދަ ދިނުމުގެ އުސޫލު މިހާރު ފަސޭހަކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ކޮވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކުން މީހުން ފޭބުން މަނާކޮށްފައިވާ މުއްދަތު ހަމަވެ، އެ ރިސޯޓްތަކުން މީހުން ފައިބަން ހުއްދަ ދިނުމުގެ އުސޫލު މިހާރު ފަސޭހަކޮށްފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކުރިން ހަމަޖައްސާފައި އޮތް އުސޫލަކީ ރިސޯޓްތަކުގެ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ސާފު ކުރުމަށް ފޯމުތަކެއް ފުރުމަށް ފަހު އެ މީހުން ދޫކޮށްލުން ކަމަށް ވިޔަސް، މިހާރު އޮތީ ކަރަންޓީނު މުއްދަތު ފުރިހަމަވެއްޖެ ކަން މެނޭޖްމަަންޓް ތަކުން ކަށަވަރު ކޮށްދިނުމުން ރިސޯޓުތައް ހުޅުވައިލާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފަހުން ޓޫރިސްޓަކު ދިޔަ ފަހުން 14 ދުވަސް ވެފައިވާ ރިސޯޓްތަކުގައި އަލާމާތެއް ހުރި މީހަކު ނެތް ކަމަށް ވަނީ ނަމަ މުވައްޒަފުން ވަކިވަކިން ފޯމު ފުރަން މިހާރު ނުޖެހޭނެ ކަމަށެވެ.
ކޮރޯނާވައިރަހާ ގުޅޭ ކަންކަމުގައި މިނިސްޓަރު އަމީނަށް ލަފާދިނުމަށް އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް މިރޭގެ މީޑިއާ ބްރީފިންގައި ވިދާޅުވީ، ރިސޯޓުތަކުން މީހުން ފޭބުމާ ގުޅޭ ކަންކަން މިހާރު ތިން ބަޔަކަށް ބަހާފައިވާ ކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުން މި ކަންތައްތަކާ ބިރު ވެސް ގަންނާނެ. އަޅުގަނޑުމެން އެ ކަން ގަބޫލު ވެސް ކުރަން. އެހެން ނަމަވެސް މި ދޫކުރާ މީހުންނަކީ ޓެސްޓްތައް ހަދާފައި، އަޅުގަނޑުމެން ބަލަން ޖެހޭ މިންގަނޑުތަކުން ބަލާފައި ދޫކުރާ ބައެއް. އެ ސްޓާފުން ރަށަށް ދާއިރުގައި ރަށުގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނުވާނެ،" ޑރ. އަލީ ލަތީފް
ފުރަތަމަ ބަޔަކީ އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއޭ އިން ހެދި ގަވައިދުގެ ސަބަބުން ބަންދުވި ތަންތަނެވެ. އެއީ އެއީ ކޮވިޑް-19 ގެ އަލާމާތެއް ހުރި މީހެއްް ފެނިފައި ނުވާ އަދި ކޮވިޑް-19 އާ ގުޅިގެން އެއްވެސް ހާލަތެއްގައި ބަންދު ނުކުރާ ރިސޯޓުތަކެވެ.
"އެ ބޭފުޅުންނަށް އަޅުގަނޑުމެން މި ނިންމަނީ 14 ދުވަސް ވަންދެން އެއްވެސް ކަހަލަ މައްސަލައެއް ނެތިއްޖެއްޔާ އެއީ ސޭފް ބައެކޭ. ރިސޯޓުން ރަށަށް ދެވޭނެއޭ،" އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑިޕާޓްމަންޓުގެ ހެޑް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
ދެވަނަ ކެޓަގަރީ އަކީ ބަލީގެ އަލާމާތް ހުރި މީހުން ތިބުމުގެ ސަބަބުން މޮނިޓާކޮށް، ސާމްޕަލް ނެގި ނަމަވެސް އެ ސާމްޕަލްތައް ނެގެޓިވްވި ވެފައިވާ މީހުން އުޅޭ ރިސޯޓްތަކެވެ. އެ ރިސޯޓްތަކުގަައި ވެސް އަލަމާތެއް ހުރި ޓޫރިސްޓަކު ނެތި 14 ދުވަސް ވެފައި ވާ ނަމަ މީހުން ފައިބަން ހުއްދަ ދޭނެ ކަަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
ތިން ވަނަ ކެޓަގަރީގައި ހިމަނާފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެނުނު ރިސޯޓްތަކެވެ. އެ ރިސޯޓްތަކުން ބޭރަށް މީހުންނަށް ދެވޭނީ 14 ދުވަހުގެ މުއްދަތު ހަމަ ވުމުމުން ސްކްރީނިން ވެސް ހެދުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް، ޑރ. އަލީ ލަތީފް އަދި ޑރ. ޝަހީދު، މިނިސްޓަރު އަމީންއާ އެކު ބައިވެރިވެވަޑައިގަންނަވަނީ.
ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި، މި ތިން ހާލަތުގައި ވެސް ރިސޯޓުތަކުން ރަށްރަށަށް ދެވޭ ގޮތަށް ދޫކޮށްލާ މީހުންނަކީ އެ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އޮންނާނެ ބައެއް ނޫނެވެ. އެހެންވެ، އެ މީހުން ރަށްރަށަށް ދިއުމަށް ދަތިތައް ކުރިމަތިކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ބޭފުޅުން މި ކަންތައްތަކާ ބިރު ވެސް ގަންނާނެ. އަޅުގަނޑުމެން އެ ކަން ގަބޫލު ވެސް ކުރަން. އެހެން ނަމަވެސް މި ދޫކުރާ މީހުންނަކީ ޓެސްޓްތައް ހަދާފައި، އަޅުގަނޑުމެން ބަލަން ޖެހޭ މިންގަނޑުތަކުން ބަލާފައި ދޫކުރާ ބައެއް. އެ ސްޓާފުން ރަށަށް ދާއިރުގައި ރަށުގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެން ނުވާނެ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
ލުއިދެނީ ތައްޔާރު ވެވުނީމަ, ނުރައްކާ ކުޑައެއް ނުވޭ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެ
ލުއިތައް ދޭނީ ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ފަަހު
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ކޮވިޑް-19: ޓޫރިސްޓެއްގެ ތައުރީފު ރާއްޖެ އަށް
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ
ޓޫރިޒަމްދާއިރާގެ އިހުމާލު މަޖިލީހުން ބަަލަން ހުށަހަޅައިފި
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި