02 އެޕްރީލް 2020
ރާއްޖޭގައި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މިއަދު ހަވީރު ފަހަކުން ފެށިގެން ތިން ގަޑިއިރަށް ހިންގި ކާފިއުގެ ވަގުތުގައި 95 މީހަކަށް ނަސޭހަތްތެރިވި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މިއަދު ހަވީރު ފަހަކުން ފެށިގެން ތިން ގަޑިއިރަށް ހިންގި ކާފިއުގެ ވަގުތުގައި 95 މީހަކަށް ނަސޭހަތްތެރިވި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން، މާލެ ސަރައްދުގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 އަށް ކާފިއު ހިންގާނެ އެވެ. އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ތިން ގަޑިއިރު ކޮންމެ ދުވަހަކު ވެސް ކާފިއު ހިންގާނެ އެވެ.
ފުލުހުން ބުނީ، ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުމުގެ ސަބަބުން ނަސޭހަތް ދިން 95 މީހުންގެ ތެރެއިން 82 މީހުންނަކީ ދިވެހިން ކަމަށެވެ. ބާކީ 13 މީހުންނަކީ ބިދޭސީންނެވެ.
ކާފިއުގެ ވަގުތުގައި ބޭރަށް ނުކުމެ އުޅޭ މީހުން ގާނޫނީ އިމުގެ ތެރެއިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރަނީ 1،000ރ. އިންނެވެ.
މި ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި ބަހާއި ފެރީ ވެސް ހިމެނޭ ގޮތުން ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ޖެހެ އެވެ.
ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކާފިއު ވަގުތުގައި އަދި އެ ގަޑިއާ ކައިރިކޮށް ޑިއުޓީ ނިމޭތީ ބައެއް އޮފީސްތަކުގައި ގިނަ އިރުތަކެއް ވަންދެން މުވައްޒަފުން މަޑުކުރަން ޖެހޭ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
މާލޭގައި މިއަދު ކާފިއު ހިންގި ތިން ގަޑިއިރު މަގުތައް ވަރަށް އަމާން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މި މައްސަލައިގެ ހައްލަކީ، މިރޭ ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވި ގޮތުގައި، ވިޔަފާރިތަކާއި ކުންފުނިތަކުން މި ކަމަށް ހޭނި، މުވައްޒަފުންގެ ޑިއުޓީތައް ކަނޑައަޅާއިރު، ކާފިއުގެ ވަގުތަށް ސަމާލުކަން ދިނުމެވެ. ޚާއްސަކޮށް ކާފިއުގެ ވަގުތު ފެށުމުގެ ކުރިން މުވައްޒަފުންނަށް ގެ އަށް ދެވޭނެ ގޮތަކަށް ޑިއުޓީ ހަމަޖެއްސުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
މި ދުވަސްވަރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައި ވިޔަސް ކޮންމެ ނަމާދު ވަގުތަކަށް ބަންގި ގޮވާއިރު، މުދިމުން ވެސް ކާފިއުގެ ވަގުތުގައި މިސްކިތަށް ދިއުމަށް ޚާއްސަ ފާހެއް ދީފައިވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލޭގައި ވަކިވަގުތެއްގައި ނުކުމެ އުޅުން މަނާކުރާ އެންގުމުގައި އިސްތިސްނާކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ ޑިއުޓީކުރާ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ ވެހިކަލާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި ކުނި އުކާލުމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އުޅަނދުތަކާއި އުރީދޫ އާއި ދިރާގާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ ޔުނިފޯމް އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި ޖީ ބޯޑު ހަރުކުރި ސަރުކާރުގެ ވެހިކަލްތަކާއި ޑިޕްލޮމެޓިކް އުޅަނދުތަކާއި އެމްބިއުލާންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް އޮންނަ މީހުންނާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެޗްޕީއޭގެ ސްޓިކާ ޖަހާފައިވާ އުޅަނދުތަކެވެ.
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
އެއްބާރުލުންދީ، ދެއްކި ނަމޫނާ އަށް ސާބަސް
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި
ފުރަތަމަ ކުޑަ ކާފިއު: އެންމެން ވެސް ސަމާލުވޭ!
ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާކުރަނީ
މާލޭގައި ކާފިއު ފަށާ ގަޑި ހަވީރު 6 އަށް ބަދަލުކޮށްފި
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
ކާފިއު ގަޑި އިތުރުކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި