Roadha Mihaaru
ސްކައިޕް ބޭނުންކުރާ އަދަދު 40 މިލިއަނަށް

މައިކްރޮސޮފްޓް ސްކައިޕް ބޭނުންކުރާ އަދަދު 40 މިލިއަނަށް

01 އެޕްރީލް 2020

ވަޓްސްއެޕް އަދި ފޭސްޓައިމް ފަދަ އެޕްލިކޭޝަންތަކުގެ މަޝްހޫރުކަމާ އެކު ވެސް، ސްކައިޕަށް ފަނޑުކަމެއް ނާންނަ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ. މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި، ސްކައިޕް ބޭނުންުރާ އަދަދު ދުވާލަކު 40 މިލިއަނަށް އަރަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަޓްސްއެޕް އަދި ފޭސްޓައިމް ފަދަ އެޕްލިކޭޝަންތަކުގެ މަޝްހޫރުކަމާ އެކު ވެސް، ސްކައިޕަށް ފަނޑުކަމެއް ނާންނަ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ. މައިކްރޮސޮފްޓުން ހާމަކުރި ގޮތުގައި، ސްކައިޕް ބޭނުންުރާ އަދަދު ދުވާލަކު 40 މިލިއަނަށް އަރަ އެވެ.

އޯޑިއޯ/ ވީޑިއޯ ކޯލް، ވީޑިއޯ ކޮންފަރެންސް އަދި ޗެޓްކުރުމަށް ސްކައިޕް ނޫން އެޕްލިކޭޝަންތައް ހުރި ނަމަވެސް، ފަނޑުނުވެ މާކެޓްގައި ސްކައިޕަށް ހިފަހައްޓާލެވެނީ ޚިދުމަތް ހަރުދަނާކަމުން ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

ސްކައިޕް "ރޭޓިން"އާ ބެހޭ ގޮތުން، އާންމު ގޮތެއްގައި، މައިކްރޮސޮފްޓުން ވާހަކައެއް ނުދައްކަ އެވެ. ސްކައިޕް ބޭނުންކުރާ މުޅި ޖުމުލަ ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް، ކޮރޯނާވައިރަހާ ގުޅިގެން މީހުން ގޭގައި ތިބެންޖެހުމުން، ސްކައިޕް ބޭނުންކުރެވޭ ޑިވައިސްތައް ކުއްލިއަކަށް އިތުރުވެއްޖެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

މައިކްރޮސޮފްޓުން އަންދާޒާކުރަނީ ސްކައިޕް ބޭނުންކުރާ މީހުން މި އަހަރު އަދި އިތުރުވާނެ ކަމަށެވެ. މި ވިސްނުމުގައި، އަދި އެއް ފެންވަރެއްގައި ޚިދުމަތްތައް ދެމެހެއްޓުމަށް، ސާވާތަކަށް އިތުރަށް ސަމާލުވުމަށް ވަނީ ނިންމާފަ އެވެ.