30 މާޗް 2020
ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުން ނޯ ޕޭގައި ފޮނުވާލަން ނިންމުމުން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި ބައެއް ރިސޯޓްތަކުގެ އަމަލްތައް ހުރީ ގާނޫނާ ހިލާފަށް ކަމަށް، ލޭބަ އޮތޯރިޓީން ވެސް ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުން ނޯ ޕޭގައި ފޮނުވާލަން ނިންމުމުން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި ބައެއް ރިސޯޓްތަކުގެ އަމަލްތައް ހުރީ ގާނޫނާ ހިލާފަށް ކަމަށް، ލޭބަ އޮތޯރިޓީން ވެސް ބުނެފި އެވެ.
ޓީމްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިހާތަނަށް 58 އަށް ވުރެ ގިނަ ރިސޯޓުން އެތަންތަނުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި ނޯޕޭއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާ ގިނަ އަދަދެއްގެ ބަޔަކު ނޯ ޕޭއަށް ދާން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ޓީމުން ބުނެ އެވެ.
ޓީމުން ވަނީ ކަމާ ބެހޭ ރަސްމީ އިދާރާތަކުގެ ސަމާލުކަމަށް އެ މައްސަަލަ ގެނެސްފަ އެވެ.
ލޭބާ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބައެއް ރިސޯޓްތަކުން މުވައްޒަފުން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.
ޓީމްގެ ފޭސްބުކް ޕޯސްޓް
ލޭބަ އޮތޯރިޓީން ގޮވާލީ މި ދަނޑިވަޅުގައި ވެސް މުވައްޒަފުން ވަކިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލް ކުރުމަށެވެ.
ބައެއް ރިސޯޓްތަކުން ގެންދަނީ މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންނެވެ. ނޯ ޕޭއަށް ދަނީ ހިތުންރުހުމުން ކަމަށް ބުނެ ސޮއިކުރަން، ބައެއް ރިސޯޓްތަކުން ވަނީ މުވައްޒަފުންނަށް ލިއުމެއް ދީފަ އެވެ. އެގޮތަށް ކަންތައް ކުރަން ދެކޮޅުހަދާ ނަމަ ހިތުންރުހުމުން ވަޒީފާއިން ވަކިވަނީ ކަމަށް ބުނެ ސޮއިކުރަން ވެސް، އެފަދަ ލިއުންތަކުގައި ވަކި ބައެއް ހާއްސަކޮށްފައިވެ އެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އެހީގެ ޕެކޭޖްގައި، އުސޫލުތަކާ އެއްގޮތަށް މުވައްޒަފުންނާ މެދު އަމަލްކުރާ ވިޔަފާރިތަކަށް އިސްކަންދިނުން ހިމެނޭތީ، އެކަން ލޭބަ އޮތޯރިޓީން، ރިސޯޓްތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވެސް ވަނީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ހުއްޓުމަކަށް އައިސްފަ އެވެ. ގިނަ ރިސޯޓްތަކެއް ދަނީ ބަންދުކުރުމުންނެވެ. އެކަމަކު ސަރުކާރުން ގޮވާލަމުން އަންނަނީ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށެވެ.
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި