14 އޮކްޓޯބަރ 2016
މެދުއުމުރުގެ އަންހެނުންނަށް ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
މެދުއުމުރުގެ އަންހެނުންނަށް ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށް ދައްކާފައިވާ ދިރާސާތަކަށް އާ ދިރާސާ އިން ބާރު ލިބެ އެވެ. އެކަމަކު މިހެން ދިމާވާ ސަބަބާއި ހުރި ގުޅުމެއް އަދި ނޭނގެ އެވެ.
ރިސާޗަރުން 10 އަހަރުގެ މުއްދަތަކަށް 1،100 އަންހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި، ދިރާސާ ފެށި އިރު ހިތުގެ އެއްވެސް މައްސަލައެއް ނެތް މީހުންގެ ތެރެއިން އުމުރުން 65 އަހަރުން ދަށުގެ އަންހެނުންނަށް، ހިތަށް ލޭ ފޮނުވައިދޭ ހޮޅިތައް ބެދި ހަރުވުމުގެ މައްސަލަ ނުވަތަ ކޮރޯނަރީ އާޓަރީ ޑިޒީޒް (ސީއޭޑީ) ކުރިމަތިވުމުގެ އެންމެ މައިގަނޑު ސަބަބަކީ ޑިޕްރެޝަން އެވެ.
ނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހިތުގެ ބަލި މެދުވެރިވުމުގައި އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަވެފައި ވަނީ އެ މީހުންގެ އުމުރެވެ.
"އުމުރުން 65 އަހަރުން ދަށުގެ އަންހެނުންނަށް ކޮރޯނަރީ ހާޓް ޑިޒީޒް ޖެހޭ އެހެން ސަބަބުތަކުގެ ތެރެއަށް ޑިޕްރެޝަން އިތުރު ކުރުމުން އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފެންނަނީ ޑިޕްރެޝަން،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ޝެޒީ ޖިއަންގް ވިދާޅުވެފައިވެ އެވެ. އޭނާ އަކީ އެމެރިކާގެ ރީޑިން ހޮސްޕިޓަލްގެ އޮބްސްޓެޓްރިޝަން-ގައިނޮކޮލޮޖިސްޓެކެވެ.
"މިއީ ދިރާސާގައި ލިބުނު ބޮޑު ހައިރާންކަމެއް."
ދިރާސާ ޓީމުން ބުނެފައި ވަނީ މިއީ ނަފްސާނީ އެކި މައްސަލަތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަން ހާމަވި ދިރާސާއެއް ކަމަށެވެ.
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
ރުޅި އައުމުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިތުރުވޭ
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ޒުވާނުންގެ ކުއްލި މަރު ހިތާ ގުޅިފައި!
ކާފޫރުތޮޅީގެ ފައިދާތައް ގިނަ
ބޮޑެތި ކާމިޔާބީތަކަށް ފަހު، ކެތު ލެބް މަތީ ހަރުފަތަށް