20 މާޗް 2020
ޗައިނާއިން ފުރަތަަމަ ފެނުނު ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރާ މަސައްކަތަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން މިއަދު ތައުރީފު ކުރައްވައިފި އެވެ.
ޗައިނާއިން ފުރަތަަމަ ފެނުނު ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރާ މަސައްކަތަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން މިއަދު ތައުރީފު ކުރައްވައިފި އެވެ.
ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ފެތުރުމުގައި ރާއްޖޭން ކުރާ މަސައްކަތުގައި ރާއްޖެ އާ އެކު ޗައިނާ އޮތްކަން ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެ ކަމަށެވެ. ގަދަ ހިތްވަރާ އެކު ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެކަން ޗައިނާއިން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަގުތު [ހޭދަކުރި ގޮތް] ހުރިހާ ކަމެއް ވެސް ބުނެދޭ. ދިވެހިރާއްޖޭގައި ކޮވިޑް-19 ހުއްޓުވަން ކުރަނީ އުނދަގޫ އެކަމަކު ހިތްހަމަ ޖެހޭ މަސައްކަތެއް. ވަގުތު ބުނެދޭނެ އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ އެކީގައި ކަން،" ޓްވީޓްގައި ސަފީރު ވިދާޅުވި އެވެ.
ގޯސްކޮށް ވަގުތު ހޭދަކުރި ގައުމެއްގެ މިސާލު ވެސް އޭނާ ގެންނަވައިފައި ވެ އެވެ. އެކަމަކު އެއީ ކޮން ގައުމެއްކަން ސީދާ ވިދާޅެއް ނުވެ އެވެ. އެކަމަކު އެގައުމަކުން ދެ މަސްދުވަސް ބޭކާރުކޮށްލި ގޮތް އޭނާ ސިފަކޮށްދެއްވި އެވެ.
TIME tells all.
— Amb. Zhang Lizhong (@AmbassadorZhang) March 20, 2020
In Maldives, responses to tackle Covid19 are challenging but impressive.
Time will tell We're with You.
China proves through time that resolute actions bring results.
Certain country has wasted 2-months window time by mocking, blaming, & instigmatization. pic.twitter.com/8Dmnhy1dZL
"މަލާމާތް ކުރުން، ކުށްވެރިކުރުން އަދި އިލްޒާމް އެޅުވުމުގައި ކޮންމެވެސް ގައުމަކުން ދެ މަސްދުވަހުގެ މުއްދަތު ބޭކާރުކޮށްލި،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ވަނީ ވަރަށް ދުރާލައި ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެފަދަ ބައެއް ފިޔަވަޅުތައް އަދިވެސް އަންނަނީ އަޅަމުންނެވެ. ރާއްޖޭން އެ ބައްޔަށް 500 އަށް ވުރެ ގިނަ މީހުން ޓެސްޓް ކުރި އިރު ޕޮޒިޓިވް ވީ 13 މީހުންނެވެ. އޭގެ ތެރޭގައި ދިވެއްސަކު އަދި ނުހިމެނެ އެވެ.
ޒާން އެ ވިދާޅުވަނީ ބޮޑަށް ބެލެވޭ ގޮތުގައި އެމެރިކާ އެވެ. އެކަމަކު އެއީ އިޓަލީ ކަމަށް ވުން ވެސް އެކަަށީގެންވެ އެވެ. ޗައިނާގެ ވޫހާން އިން ކޮޮވިޑް-19 ފުރަތަމަ ފެނުމާ އެކު ބައެއް ގައުމުތަކުން ޗައިނާ އަށް މަލާމާތްކޮށް، އެ ގައުމަށް ނިސްބަތްވާ މީހުންނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައް ފެނުނެވެ. ބަލި ފެތުރުން ހުއްޓުވުމުގައި ޗައިނާއިން ދޭން އުޅުނު އެހީތެރިކަން ބޭނުން ނުކުރަން އެއް ބައި ގައުމުތަކުން އުޅުނު އިރު ޗައިނާ އަށް އެހީވުން ވެސް ބައެއް ތަންތަނުން ލަސްކުރި އެވެ.
ޗައިނާގައި މިހާރު ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯ ކުރެވިފައި ވިޔަސް، ޔޫރަޕްގައި އެބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް 250،000 އަށް އެރި އިރު ބަލީގައި މަރުވި މީހުންގެ އަދަދު 10،000 ފަހަނަ އަޅައި ހިނގައްޖެ އެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖެ-ޗައިނާ މަޝްވަރާކޮށްފި
މަންކީ ޕޮކްސްއަށް ޝައްކުވާ މީހަކު ފެނިގެން ޓެސްޓްކުރަނީ
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
މެލޭޝިއާގެ ހާލަތު ވަރަށް ގޯސް، އައިސީޔޫތައް ފުރެނީ
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ކޮވިޑް ކޭސްތައް މަދުވާން ފަށައިފި