Roadha Mihaaru
"ފްރެންޑްސް" ގެ ރިޔުނިއަން އެޕިސޯޑް ފަސްކޮށްފި

"ފްރެންޑްސް" ގެ ރިޔުނިއަން އެޕިސޯޑްގެ ޝޫޓިން ފަސްކޮށްފި

22 މާޗް 2020

ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް ކުރީގެ ސިޓްކޮމް "ފްރެންޑްސް" ކުރީގެ ބައިވެރިންނާ އެކު ގެނެސްދޭން ނިންމާފައި އޮތް ރިޔުނިއަން އެޕިސޯޑްގެ ޝޫޓިން ކޮރޯނާވައިރަހާ ހެދި ކުރިއަށް ނުގެންދަން ނިންމައި އޭގެ މަސައްކަތް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް ކުރީގެ ސިޓްކޮމް "ފްރެންޑްސް" ކުރީގެ ބައިވެރިންނާ އެކު ގެނެސްދޭން ނިންމާފައި އޮތް ރިޔުނިއަން އެޕިސޯޑްގެ ޝޫޓިން ކޮރޯނާވައިރަހާ ހެދި ކުރިއަށް ނުގެންދަން ނިންމައި އޭގެ މަސައްކަތް ފަސްކޮށްފި އެވެ.

ވެރައިޓީން ބުނީ ކޮވިޑް-19އާ ހެދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޝޫޓިން ފަސްކޮށްފައިވާ ކަމަށާއި އަލުން މަސައްކަތް ފަށާނެ އިރެއް ސާފުނުވާ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އޭގެ ޕްރޮޑަކްޝަން ހައުސް ވޯނާ ބްރޮސް ޓެލެވިޝަނާއި އެޗްބީއޯ މެކްސް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބެލުންތެރިން އެދެމުންދާތާ އަހަރުތަކެއް ފަހުން "ފްރެންޑްސް" ގެ ރިޔުނިއަން އެޕިސޯޑެއް ކުރީގެ ކާސްޓާ އެކު ގެނެސްދޭން ނިންމިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތުން އާ އެޕިސޯޑް ގެނެސްދޭން ހަމަޖެހިފައި ވަނީ އެޗްބީއޯ އިން މެއި މަހު ލޯންޗްކުރާ ސްޓްރީމިން ޕްލެޓްފޯމް އެޗްބީއޯ މެކްސްއިންނެވެ. އާ އެޕިސޯޑް ވެސް ޑައިރެކްޓް ކުރާނީ "ފްރެންޑްސް" ގެ މޭސްތިރިން ކަމަށްވާ ޑޭވިޑް ކްރޭނާއި މާޓާ ކޯފްމަނެވެ.

"ފްރެންޑްސް" އަކީ ޒުވާން ހަ އެކުވެރިއެއްގެ ވާހަކަކިޔައި ދިން އެއްޗެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ އެނިސްޓަނާއި މެތިއާ ކޯޓްނީ އާއި ލީޒާ ކުޑްރޯ އާއި މެޓް ލިބްލާންކްގެ އިތުރުން ޑޭވިޑް ޝްވިމާ އެވެ.

"ފްރެންޑްސް" 1994-2004 ހަމައަށް ގެނެސްދިން އިރު ޖުމްލަ 10 ސީޒަނަކަށް ބެލުންތެރިންނަށް 236 އެޕިސޯޑް ގެނެސްދީފައިވެ އެވެ.