19 މާޗް 2020
ސެމްސަންގުން އެމެޒޯން ވެބް ސާވިސްތައް ދޫކޮށްލަނީ އެވެ. އެއީ ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ޚަރަދުކުޑަކުރުމެވެ. ދެވަނަ ސަބަބަކީ ސެމްސަންގް ސްމާޓްފޯންތައް އަދި އެހެނިހެން ޑިވައިސްތައް ބޭނުންކުރާ މީހުންގެ ފަރުދީ މައުލޫމާތު ރައްކާކުރެވިފައި ހުރި މިންވަރު ކަށަވަރުކުރުމެވެ.
ސެމްސަންގުން އެމެޒޯން ވެބް ސާވިސްތައް ދޫކޮށްލަނީ އެވެ. އެއީ ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ ޚަރަދުކުޑަކުރުމެވެ. ދެވަނަ ސަބަބަކީ ސެމްސަންގް ސްމާޓްފޯންތައް އަދި އެހެނިހެން ޑިވައިސްތައް ބޭނުންކުރާ މީހުންގެ ފަރުދީ މައުލޫމާތު ރައްކާކުރެވިފައި ހުރި މިންވަރު ކަށަވަރުކުރުމެވެ.
ސެމްސަންގުން ކްލައުޑް ޕްލެޓްފޯމްތައް ބޭނުންހިފަނީ ސްމާޓްފޯނުތައް އަދި އިންޓަނެޓް އޮފް ތިންގްސް"އާ ގުޅުން ހުރި ސޮފްޓްވެއާ މޮޑިއުލްތައް ބެލެހެއްޓުމަށެވެ. ސެމްސަންގް ފޯނުތައް "ބެކަޕް"ކުރަން އެދޭ ބަޔަކަށް، ކްލައުޑް ސާވާތަކުން ވަކި މިންވަރަކަށް ޖާގަ ދިނުމަކީ ވެސް އެ ކުންފުނިން ކުރާ ކަމެކެވެ.
އެމެޒޯން ވެބް ސާވިސްތައް ދޫކޮށްލުމަށް ފަހު، ސެމްސަންގުން ބޭނުން ވަނީ ކްލައުޑް ސާވާތަކެއް އަމިއްލަ އަށް ހިންގާށެވެ. މިއީ އެ ކުންފުނިން އަންދާޒާކޮށްފައި ވާ ގޮތުގައި، އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރެވޭނެ ގޮތެކެވެ.
ސެމްސަންގުން ހާމަކޮށްފައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި، އެމެޒޯން ވެބް ސާވިސްތައް ބޭނުންހިފުމަށްޓަކައި، ފާއިތުވި އަހަރު 483 މިލިއަން އެމެރިކާ ޑޮލަރު އެމެޒޯން އަށް ދައްކާފައި ވެ އެވެ. އަނެއްކޮޅުން، ސެމްސަންގް ފޯނުތައް އަދި އެހެނިހެން ޑިވައިސްތައް ގިނަވަމުން ދާ ނިސްބަތުން، ކްލައުޑް ސްޓޯރޭޖަށް ބޭނުންޖެހޭ ނިސްބަތް ވެސް ދާނީ މައްޗަށެވެ.
އެމެޒޯން ވެބް ސާވިސްތައް ދޫކޮށްލުމަށް ފަހު، ޚިދުމަތް ދެމެހެއްޓުމަށްޓަކައި ބޭނުންހިފާނެ ވަކި ކުންފުންޏެއް ޔަގީނެއް އަދި ނުވެ އެވެ. އެހެން ނަމަވެސް، "ޖޮޔަންޓް" ގާތްކޮށްލައި ޚިދުމަތަށް ނެރުމަކި އެކަށިގެންވާ ކަމއް ކަމަށް ބެލެެ އެވެ. ޖޮޔަންޓް އަކީ ސެމްސަންގުން 2016 ގައި ގަނެގެން އުޅޭ ކްލައުޑް ސޮފްޓްވެއާ ކުންފުންޏެކެވެ.
އެމެޒޯންގެ އިންޓަނެޓް ސެޓަލައިޓްތައް ފޮނުވަން 3 ރޮކެޓް
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި
އިންޑިއާގެ 5ޖީ ނެޓްވޯކަށް ވާވޭ އާއި ޒީޓީއީ ނުވެއްދި
ކުރީގެ ސޯޝަލް ޕްލެޓްފޯމް "ބެބޯ" އަލުން އަންނަނީ
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12
އީލޮންގެ "ސްޓާލިންކް" އާ މައިކްރޮސޮފްޓް ގުޅިއްޖެ
ސްމާޓްފޯނުން ބްލޯޓްވެއާ ފޮހެލެވެންޖެހޭ: އީޔޫ
ކޯޓު އަމުރުން ޔޫރަޕްގައި ހިދުމަތް ހުއްޓޭނެ: ފޭސްބުކް
6.6 ބިލިއަން ޑޮލަރުގެ 5ޖީ ޑީލް ސެމްސަންގަށް
10 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓް މައިކްރޮސޮފްޓަށް!