19 މާޗް 2020
ކޮވިޑް-19 ރޯގާގެ ބިރު ބޮޑުވެފައި މި ދުވަސްވަރު، މާލޭގައި އާދައިގެ ރޯގާ ވެސް ގިނަ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ރޯގާގެ ބިރު ބޮޑުވެފައި މި ދުވަސްވަރު، މާލޭގައި އާދައިގެ ރޯގާ ވެސް ގިނަ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު މިރޭ ވިދާޅުވީ ކޮވިޑް-19 ރޯގާ އުޅޭތީ ފްލޫ ކްލިނިކްތައް ހުޅުވާފައި ވަނީ ކޮވިޑްގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ވެސް ހިމެނޭތީ، ބަލި ހުރި މީހުން ހޮސްޕިޓަލްތަކަށް ނުފޮނުވަން ކަމަށެވެ. ރޯގާގެ އަލާމާތް ހުންނަ މީހުންނަށް ދައްކަން ހާއްސަ ތިން ކްލިނިކެއް ހުޅުވުމާ އެކު އެ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް މުރާދު ވިދާޅުވި އެވެ.
އެހެން މި ވަނީ މިދުވަސްވަރު އާދައިގެ ރޯގާ ވެސް އެހެން ދުވަސްވަރުތަކާ އަޅާބަލާއިރު ގިނަވުމުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާދައިގެ ރޯގާ ޖެހި ސީރިއަސްވާ މީހުން ވެސް ގިނަވަމުން އަންނަ ކަމަށެވެ. އެގޮތުން އައިޖީއެމްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރޭގައި ވެސް ސިވިއަ ރެސްޕިރޭޓަރީ މައްސަލަތަކުގައި ތިބި މީހުން ގިނަކަން ވަނީ ފާހަގަކުރައްވައިފަ އެވެ. އެހެންވެ، އޭނާ ވިދާޅުވީ އައިޖީއެމްއެޗުގައި މިހާރު މިފަދަ ބަލިތަކަށް ހާއްސަ ވޯޑެއް ހަދާފައިވާ ކަމަށެވެ.
ޑރ. މުރާދު ވިދާޅުވީ އަދަދުގެ ގޮތުން އާދަޔާ ހިލާފަށް ގިނަކަމަށް ދައްކަނީ އެކަމަށް ހާއްސަ ވަކި ކްލިނިކްތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އެހެން ދުވަސްވަރުތަކާ އަޅާބަލާއިރު މި ދުވަސްވަރު އާދައިގެ ރޯގާ ވެސް ދަނީ ފެތުރެމުން ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19 އުޅޭތީ، އާންމުން ގިނައިން އެއްވާ ތަންތަނަަށް ދިއުން މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރޯގާ ފަދަ ބަލިތައް ޖެހޭ މީހުންނަށް އަމާޒުކޮށް މާލެ ސަރަހައްދުގައި ފްލޫ ކްލިނިކްތަކެއް ހުޅުވާފައިވާއިރު މި ކްލިނިކްތަކަށް ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ވަނީ ދައްކައިފަ އެވެ.
ޑރ. މޫސާ މުރާދު
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ގެ ކަންކަމަށް ހަމަޖައްސާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވަނީ މި ކްލިނިކްތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފަ އެވެ. އެގޮތުން ސެނަހިޔާގެ ފްލޫ ކްލިނިކްއަށް މިރެއާހަމައަށް 860 މީހަކު ދައްކާފައިވާއިރު، ޓްރެވަލް ކްލިނިކްއަށް ދައްކާފައިވަނީ 237 މީހެކެވެ. އަދި ހުޅުމާލޭގައި ހުންނަ އެކްސްޕެޓް ކްލިނިކަށް 65 މީހަކު ގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19ގެ އަލާމާތްތަކަކީ އާދައިގެ ރޯގާގެ އަލާމާތްތައް ކަމަށް ވާއިރު އެފަދަ އަލާމާތެއް ހުރި މީހަކު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި ފްލޫ ކްލިނިކްތަކަށް ދިއުމަށް ވަނީ އަންގައިފަ އެވެ. އެގޮތުން މިފަހުން ރާއްޖެ އިން ބޭރަށް ދަތުރެއް ކުރުމަށް ފަހު ރޯގާގެ އަލާމަތެއް ފެންނަ ނަމަ ޓްރެވަލް ކްލިނިކަށް އަދި މި ނޫން ގޮތަކަށް އާދައިގެ ރޯގާގެ އަލާމާލެއް ހުރި ނަމަ ފްލޫ ކްލިނިކަށް ދާން އަންގާފައިވާއިރު، ހުޅުމާލޭގައި ހުންނަ ކްލިނިކް ހާއްސަކޮށްފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށެވެ. އެމީހުން އެ ކްލިނިކުން ޚިދުމަތް ހޯދުމަށް ރަސްމީ ލިޔެކިޔުމެއް ބޭނުމެެއް ނުވާނެ އެވެ.
މި ކްލިނިކްތަކުގެ އިތުރަށް އޭޑީކޭ އިން ވެސް އަންނަނީ އޮންލައިންކޮށް ފްލޫ ކްލިނިކެއް ހިންގަމުންނެވެ.
ރާއްޖެއަކީ ކޮންޓްރޯލް ކުރުމުގައި ނަމޫނާއެއް: މިނިސްޓަރު
ރޯގާއާއި އިންފްލުއެންޒާ އިތުރުވާތީ ސަމާލުވާން އެދިއްޖެ
އިންފްލުއެންޒާ ފެތުރޭތީ އަތޮޅުތަކުން ސާމްޕަލް ނަގަނީ
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ޕޮޒިޓީވްވީ މީހުން މަދު: ޓެސްޓުކުރި ވަރު ވެސް މަދު
ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލައިފި
ދެދުވަސް ކުރީގެ ކޭސްތަކާ އެކު ކޮވިޑްގެ 1،091 ކޭސް
ރާއްޖެ އަންނަން 96 ގަޑިއިރު ނުވާ ޓެސްޓެއް ބޭނުންވޭ
ރަށުގެ60%އަށް ވެކްސިން ދީފިނަމަ ޓެސްޓް ބޭނުމެއް ނޫން