Roadha Mihaaru
އޭސްހާޑުވެއާ:ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ފުރަތަމަ 20،000ރ. ލިބޭ ނަސީބުވެރިޔާ ހޮވައިފި

18 މާޗް 2020

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓާ އަދި ކަލަ ބޭންކުން ގުޅިގެން "އެންމެންގެ ރޯދަ ސޭލް" ނަމުގައި ފެށި ރޯދަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓާ އަދި ކަލަ ބޭންކުން ގުޅިގެން "އެންމެންގެ ރޯދަ ސޭލް" ނަމުގައި ފެށި ރޯދަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އަދި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ގުރުއަތުން ދިމާވާ ނަސީބުވެރިޔަކަށް ކޮންމެ 10 ދުވަހަކުން 20،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތަށް ހޮވި ފުރަތަމަ ނަސީބުވެރިއަކީ ހުސެން އިބާދެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300ރ. އަށް ވުރެ މަތިން ވިޔަފާރި ކުރުމުންނެވެ. އެ ފަސް ފިހާރައިން 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ކުރިއަށްގެންދާ މިޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ވަރަށް ހާއްސަ ކޮންޓެސްޓްތަކެއް ކުރިއަށް ދާނެ އެވެ. ކާމިޔާބު ކުރާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން މައުލޫމާތު ދެއްވި އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިނގާ ކޮންޓެސްޓް ކާމިޔާބު ކުރާ މީހަކަށް ވެސް އަގުހުރި އިނާމްތަކެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކު ހިންގަނީ ކޯ-ލޯޑް މޯލްޑިވްސް އިންނެވެ. މީގެ 26 އަހަރު ކުރިން 1994 ވަނަ އަހަރު ކަލަ ބޭންކު ހިންގަން ފެށި އިރު، އޭސް ހާޑްވެއާ ހިންގަން އެ ކުންފުނިން ފެށީ 2011 ވަނަ އަހަރު އެވެ. އޭސް ހާޑްވެއާ އަކީ އެމެރިކާގެ ޗިކާގޯގައި ހުންނަ އޭސް އިންޓަނޭޝަނަލްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި އެކެވެ.