Roadha Mihaaru
އޭސް ހާޑްވެއާގެ ޚާއްސަ ބާބަކިއުއެއް

އޭސް ހާޑްވެއާގެ ޚާއްސަ ބާބަކިއުއެއް

31 ޑިސެމްބަރ 2019

އޭސް ހާޑްވެއާގެ ވަރަށް ހާއްސަ ބާބަކިއުއެއް މާލޭގައި ބާއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭސް ހާޑްވެއާގެ ވަރަށް ހާއްސަ ބާބަކިއުއެއް މާލޭގައި ބާއްވައިފި އެވެ.

ރަސްފަންނުގެ ބާބަކިއު ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ބާބަކިއު އަށް، މި މަހުގެ 25 ން 27 އަށް ކުރި ވިޔަފާރިތަކަށް ބާބަކިއު އެންޓްރީ ކޫޕަނެއް ދޫކޮއްފައިވެ އެވެ.

އަދި، "ވިން އަ ގްރިލް" ގެ ނަމުގައި ލަކީޑްރޯ ކޫޕަނެއް ވެސް މި ހަރަކާތުގައި ދޫކުރި އެވެ. މި ލަކީޑްރޯ ކޫޕަންގެ ނަސީބުވެރި އަކަށް ހޮވިފައި ވަނީ ހައިފާ ކިޔާ މީހެކެވެ.

މިއީ އޭސް ހާޑްވެއާގެ އަށް ވަނަ އަހަރީ ޕްރޮމޯޝަން ފާހަގަކޮށް، ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ބޭއްވި ބާބަކިއު އެކެވެ.

އޭސް ހާޑްވެއާ އަކީ ގިނަ އަދަދެއްގެ ބާބަކިއު ސާމާނު އެއް ތަނަކުން ލިބެން ހުންނަ ތަނެކެވެ.

ބާބަކިއު އިވެންޓުގައި ބޭނުން ކޮށްފައި ވަނީ އޭސް ހާޑްވެއާ އިން ވިއްކާ ބާބަކިއު ސާމާނެވެ. ބޮޑު ތަރުހީބަކާ އެކު، ނިންމައިލި މި ބާބަކިއު އަށް ވަރަށް ގިނަ ބަޔަކު ދިޔަ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ.

އޭސް ހާޑްވެއާ ފިހާރަ ހުޅުވާފައިވަނީ މީގެ 8 އަހަރު ކުރިން، ޑިސެމްބަރު 20، 2011 ގަ އެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރި އެކެވެ.

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ދެވަނަ ފިހާރަ ހުޅުވީ ޑިސެމްބަރު 19، 2013 ގަ އެވެ.