Roadha Mihaaru
އޭސް ހާޑްވެއާގެ އޮންލައިން ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް

އޭސް ހާޑްވެއާގެ އޮންލައިން ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓް

06 ޑިސެމްބަރ 2020

އޮންލައިންކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ގޮތަށް އޭސް ހާޑްވެއާ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮންލައިންކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ގޮތަށް އޭސް ހާޑްވެއާ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ފިހާރައިގެ ނުވަ ވަނަ އަހަރީ ދުވަހާގުޅިގެން ހިންގާ މި ޕްރޮމޯޝަންގައި އޮންލައިން ކަސްޓަމަރުންނަށް ނަސީބު ވަޒަންކޮށްލަން "ލަކީ ވީލް" އެއް އޮންލައިން ސްޓޯރުގައި ވަނީ ގާއިމްކޮށްފަ އެވެ. މި ލަކީ ވީލް އިން، ގަންނަ ތަކެތި ހިލޭ ލިބުމާއި ބާބަކިއު ގްރިލް ލިބުމާއި ޑިސްކައުންޓްތައް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެގޮތުން 5 ޕަސެންޓް، 10 ޕަސެންޓް އަދި 15 ޕަސެންޓް ޑިސްކައުންޓް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

އޭސް ހާޑްވެއާގެ އޮންލައިންކޮށް ވިޔަފާރި ކުރާ ވެބްސައިޓަކީ www.acehardware.mv އެވެ.

ލަކީ ވީލް އިން ލިބޭ ޑިސްކައުންޓްތަކާއި ހިލޭ ތަކެތި ލިބޭނީ، ވެބްސައިޓުން އެ ތަކެއްޗަށް އޯޑަރުކުރުމުން އެކަންޏެވެ.

އޭސް ހާޑްވެއާގެ އިން އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް ހާއްސަކޮށް "ބަންޑަލް އޮފާ"ތަކެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރިން 3،500 ރުފިޔާ އަށް ލިބޭ ގިފްޓް ބަންޑުލް މިހާރު 499 ރުފިޔާއަށް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާއްސަ މުބަރާތްތަކެއް ވެސް ކުރިއަށްގެންދާނެ އެވެ. އަދި ފޭސްބުކާއި ވައިބާ މެދުވެރިކޮށް ކަސްޓަމުންނަށް ހަދިޔާތަކެއް ވެސް މި މަހު ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ޕާފިއުމް އާއި 5،000 ރުފިޔާގެ ގިފްޓް ވައުޗާ ވެސް އިނާމަށް ލިބޭނެ އެވެ.