10 މެއި 2018
ރޯދަ މަހާ ދިމާކޮށް އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުން "މޭކް އޯވާ ވިތު އޭސް 2018"ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.
ރޯދަ މަހާ ދިމާކޮށް އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުން "މޭކް އޯވާ ވިތު އޭސް 2018"ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފި އެވެ.
އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވެވޭނީ، ފޭސްބުކް މެދުވެރިކޮށެވެ. މުބާރާތުގައި ބައިވެރިވާން ކުރަންޖެހޭ ކަމަކީ، ގޭތެރެ ޒީނަތްތެރިކުރަން ބޭނުންކުރާ އެއްޗެއް އޭސް ހާޑްވެއާގެ ފިހާރައަކުން ގަތުމަށް ފަހު އެ އެއްޗެއް ބޭނުންކޮށްގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ފަހު، އާއި އޭގެ ކުރިން އެތަނެއް ހުރި ގޮތުގެ ފޮޓޯ ފޭސްބުކަށް ލައިގެންނެވެ.
ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް ވިއްކަމުން އަންނަ ފިހާރަ އިން ބުނީ، މުބާރާތުގައި ބައިވެރިވާން ފޭސްބުކަށް ފޮޓޯ ލާއިރު MakeoverWithACE2018 ހޭޝްޓެގް ޖަހަން ޖެހޭނެ ކަމަށެވެ.
މުބާރާތުގެ އެންމެ މޮޅު ފޮޓޯއަކަށް ހޮވާނީ، ޖޫން މަހުގެ ނިޔަލަށް އެންމެ ގިނަ ލައިކްސް ލިބޭ ފޮޓޯއެކެވެ.
އޭސް ހާޑްވެއާ އިން ބުނީ އެންމެ ގިނަ ލައިކްސް ލިބިގެން މުބާރާތުން މޮޅުވާ މީހާ އަށް، އިނާމެއްގެ ގޮތުން ލިބޭނީ 3،000ރ.ގެ ގްރިލް މާކް ބްރޭންޑްގެ، ކެޓަލް ބާބެކިއު ގްރިލެއް ކަމަށެވެ.
ކޯ-ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ އޭސް ހާޑްވެއާ އިން އަންނަނީ ރޯދަ މަހާ ދިމާކޮށް "ރޯދަ ބަދަލު"ގެ ނަމުގައި، ގުރުއަތުން ހޮވޭ މީހަކަށް 300،000ރ. ލިބޭ އަގުބޮޑު ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ.
އޭސް ހާޑްވެއާގެ އޮންލައިން ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް
އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަންގައި ބޮޑެތިއިނާމްތަކެއް
އޭސްހާޑްވެއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އޭސް ހާޑްވެއާގެ ބޮޑު ޕްރޮމޯޝަން ނިމެނީ، އަވަސް ކުރޭ
އޭސް ހާޑްވެއާ އަދި ކަލަ ބޭންކްގެ "ރޯދަ ބަދަލު"
އޭސް ހާޑްވެއާ އިން ޖުމްހޫރީ ސޭލެއް ފަށަނީ
އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އޭސް ހާޑުވެއާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އޭސް ހާޑްވެއާގެ ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ދެނީ
އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ މުއްދަތު އިތުރުކޮށްފި