16 މާޗް 2020
ރޯމް (މާޗް 16) - ޔޫރަޕުގައި އެންމެ ހަލުވިކޮށް ކޮރޯނާވައިރަސް ފެތުރޭ ތިން ގައުމު ކަމަށްވާ އިޓަލީ، ސްޕޭން އަދި ފްރާންސް އިން އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް އިއްޔެ މީހުން މަރުވެއްޖެ އެވެ.
ރޯމް (މާޗް 16) - ޔޫރަޕުގައި އެންމެ ހަލުވިކޮށް ކޮރޯނާވައިރަސް ފެތުރޭ ތިން ގައުމު ކަމަށްވާ އިޓަލީ، ސްޕޭން އަދި ފްރާންސް އިން އެއް ދުވަސް ތެރޭ ރެކޯޑް އަދަދަކަށް އިއްޔެ މީހުން މަރުވެއްޖެ އެވެ.
އިޓަލީން އެއް ދުވަހުން 368 މީހުން މަރުވި އިރު ސްޕޭނުން ވަނީ 97 މީހުން މަރުވެފަ އެވެ. ފްރާންސް އިން ވަނީ 29 މީހުން މަރުވެފަ އެވެ. އިޓަލީން މިހާތަނަށް ވަނީ 1،809 މީހުން މަރުވެފަ އެވެ. އަދި ސްޕޭނުން 288 މީހުން މަރުވިއިރު ފްރާންސް އިން ވަނީ 120 މީހުން މަރުވެފަ އެވެ. އިޓަލީން މިހާތަނަށް ވަނީ 24،747 މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. ސްޕޭނުން 7،753 މީހުންނަށް ބަލިޖެހުނު އިރު ފްރާންސް އިން ވަނީ 5،400 މީހުންނަށް ޖެހިފަ އެވެ.
އިނގިރޭސި ވިލާތުން ވެސް އިއްޔެ ވަނީ އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑްކޮށްފަ އެވެ. އެ ގައުމުން އިއްޔެ 14 މީހުން މަރުވިއިރު މިހާތަނަށް ވަނީ 35 މީހުން މަރުވެފަ އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޔޫރަޕުގެ ގައުމުތަކުން ދަނީ ބޯޑަރު ބަންދުކުރަމުންނެވެ. ޖަރުމަނުން ވަނީ ފްރާންސް، ސްވިޒަލެންޑް، އޮސްޓްރިއާ، ޑެންމާކް އަދި ލަގްޒަމްބޯގަށް މިއަދުން ފެށިގެން އެއްގަމު ބޯޑަރު ބަންދުކޮށްފަ އެވެ. ޕޯޗުގަލް އިން ވަނީ ސްޕޭން ބޯޑަރު ބަންދުކޮށްފަ އެވެ.
އޮސްޓްރިއާގައި ވަނީ ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފަ އެވެ. ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުގެ ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ސްޕޭނުން މިހާރު ވަނީ އަސާސީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް މީހުން ނުކުމެ އުޅުން މަނާކޮށްފަ އެވެ. ފްރާންސްގައި ވެސް ފިހާރަތަކާއި ސިނަމާ އަދި ކެފޭ/ރެސްޓޯރެންޓްތައް ވަނީ ބަންދުކޮށްފަ އެވެ.
ދުނިޔޭގައި މިހާތަނަށް 169،652 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު މަރުވެފައި ވަނީ 6،518 މީހުންނެވެ. ބަލިން ރަނގަޅުވެފައި ވަނީ 77،776 މީހުންނެވެ.
ދެކުނު ޔޫރަޕަށް އާދަޔާ ޚިލާފު ހޫނު ދުވަސްވަރެއް
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު
ކޮވިޑް-19:ޕޮޒިޓިވްވި މީހުން 13 ދުވަހުން މިލިއަނެއް
ކޮވިޑް-19: މަރުވި މީހުންގެ އަދަދު 20،000 އަށް
ކޮވިޑް-19: ޔޫރަޕުގެ ހާލަތު އިތުރަށް ގޯސް ވަނީ
އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް