Roadha Mihaaru
މިސްކިތަށް ދިޔަ މީހުން މެލޭޝިއާ، ސިންގަޕޫރުން ހޯދަނީ

މިސްކިތަށް ދިޔަ މީހުން މެލޭޝިއާ އާއި ސިންގަޕޫރުން ވެސް ހޯދަނީ

12 މާޗް 2020

ކުއާލަ ލަމްޕޫރު (މާޗް 12) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މިސްކިތަކަށް ދިޔަ މީހުން ހޯދުމުގެ މަސައްކަތް މެލޭޝިއާ އާއި ސިންގަޕޫރުން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (މާޗް 12) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މިސްކިތަކަށް ދިޔަ މީހުން ހޯދުމުގެ މަސައްކަތް މެލޭޝިއާ އާއި ސިންގަޕޫރުން ފަށައިފި އެވެ.

މެލޭޝިއާގެ މިސްކިތަށް ދިޔަ މީހުން ހޯދަން ފަށާފައި ވަނީ އެ މިސްކިތުގައި އޮތް ދީނީ އެއްވުމެއްގައި ބައިވެރިވި މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މެލޭޝިއާގެ ޑިރެކްޓަ ޖެނެރަލް ޖެނެރަލް އޮފް ހެލްތު ޑރ. ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ ފެބްރުއަރީ 27- މާޗް 1 އަށް ސެރި ޕެޓަލިން މިސްކިތުގައި އޮތް ދީނީ އެެއްވުމުގައި އެކި ގައުމުތަކުން ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވި ކަމަށެވެ. މިސްކިތުގެ އެއްވުމުގައި މެލޭޝިއާ އިން ވެސް 5،000 މީހުން ބައިވެރިވި އެވެ. އިވެންޓުގައި ބައިވެރިވި ބުރޫނާއީގެ 53 އަހަރުގެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިހާރު އަންނަނީ އެ މިސްކިތުގައި އޮތް އިވެންޓުގައި ބައިވެރިވި މީހެއް ނަމަ އަވަހަށް ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އަނެއްކޮޅުން ސިންގަޕޫރުން މިހާރު އަންނަނީ އެ އިވެންޓުގައި ބައިވެރިވި އެ ގައުމުގެ 95 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މެލޭޝިއާ އިން މިހާރު ވަނީ ގިނަ މީހުން ބައިވެރިވާ އިވެންޓްތައް ނުބޭއްވުމަށް އަންގައިފަ އެވެ. މެލޭޝިއާ އިން 149 މީހަކަށް ކޮވިޑް-19 ޖެހިފައިވެ އެވެ.

މެލޭޝިއާގެ މިސްކިތަށް ދިވެއްސަކު ދިޔަ ނަމަ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަން މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.