Roadha Mihaaru
ޕްރައިމަރީން ބަލިވި މީހުން ކުރިމަތިލާ ނަމަ ވަކިކުރަނީ

ޕްރައިމަރީން ބަލިވި މީހުން އަމިއްލަގޮތުން ކުރިމަތިލާ ނަމަ ޕާޓީން ވަކިކުރާނަން: އެމްޑީޕީ

06 މާޗް 2020

ލޯކަލް ކައުންސިލް އިންތިިޚާބުގެ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި މީހުންނާއި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން އިންތިިޚާބުގައި ވާދަކުރާ މީހުން ޕާޓީން ވަކިކުރާނެ ކަމަށް އެމްޑީޕީން އިއްޔެ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިިޚާބުގެ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި މީހުންނާއި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން އިންތިިޚާބުގައި ވާދަކުރާ މީހުން ޕާޓީން ވަކިކުރާނެ ކަމަށް އެމްޑީޕީން އިއްޔެ ބުނެފި އެވެ.

އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެމްޑީޕީން 877 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. އޭގެކުރިން އެ ޕާޓީން ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައަޅަން ޕްރައިމަރީ ވެސް ބާއްވައިފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކައުންސިލް އިންތިޚާބުގެ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވި މީހުންނާއި އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކޮންމެ މީހަކު ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވެސް މިގޮތަށް އަމަލުކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެގޮތަށް ކޮމެޓީން ނިންމީ އެ ޕާޓީގެ ބައެއް މެމްބަރުން އަސާސީ ގަވާއިދާ ޚިލާފަށް އެގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެވެ.

ކައުންސިލް އިންތިޚާބާި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 1،900 މީހުން އިންތިޚާބު ކުރާނެ އެވެ. އެއީ ކައުންސިލްތަކަށް 982 މީހުންނާއި ކޮމެޓީތަކަށް 930 މީހުންނެވެ. އަދި މިހާރު އެމްޑީޕީން ވަނީ ބައެއް ދާއިރާތައް އިންތިޚާބަކާ ނުލައިި ވެސް ކަށަވަރު ކޮށްފަ އެވެ.