Roadha Mihaaru
އޮޒާރޯ ސޭލްގެ އިނާމު، ގެޔާއި ބަދިގޭގެ ސާމާނުތަކެއް

އޮޒާރޯ ސޭލްގެ ނަސީބުވެރިޔަކަށް ގެޔާއި ބަދިގޭގެ ސާމާނުތަކެއް

03 މާޗް 2020

ފަރުނީޗަރު ވިޔަފާރީގައި މަގުބޫލު އޮޒާރޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން، އަގުހުރި އިނާމުތަކާ އެކު "އޮޒާރޯ ސޭލް 2020" ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފަރުނީޗަރު ވިޔަފާރީގައި މަގުބޫލު އޮޒާރޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން، އަގުހުރި އިނާމުތަކާ އެކު "އޮޒާރޯ ސޭލް 2020" ފަށައިފި އެވެ.

އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލުގައި ހުރިހާ ސާމާނަކުން 10-30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ގިނަ ދުވަހު ގެންގުޅެވޭ އަދި ރީތި، މޮޅު ފަރުނީޗަރު ވިއްކާ އޮޒާރޯ އިން ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް މި ސޭލް ކުރިއަށް ގެންދެ އެވެ. އަދި ކޮންމެ އަހަރަކު ވެސް ބޮޑު އިނާމެއްގެ ގޮތުގައި ވަރަށް އަގުހުރި އިނާމެއް ކަނޑައަޅަ އެވެ.

އޮޒާރޯގެ އެތެރެ: މި ފިހާރައިން ކޮލިޓީ ރަނގަޅު ގިނަ ދުވަހަށް ބޭނުން ކުރެވޭ ސާމާނު ލިބެން ހުންނާނެ-- ފޮޓޯ: އޮޒާރޯ

އޮޒާރޯގެ އެތެރެ: މި ފިހާރައިން ކޮލިޓީ ރަނގަޅު ގިނަ ދުވަހަށް ބޭނުން ކުރެވޭ ސާމާނު ލިބެން ހުންނާނެ-- ފޮޓޯ: އޮޒާރޯ

މީގެ ކުރިން ބޮޑު އިނާމަކަށް ބެޑްރޫމް ސެޓުތައް ދީފައިވާއިރު މި އަހަރުގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ ގެއަށާއި ބަދިގެއަށް ބޭނުންވާ ބައެއް ސާމާނެކެވެ. ޔޫކޭގެ މޮޅު އުފެއްދުންތައް އެކުލެވޭ އިނާމުގެ ނަސީބުވެރިއަކު ހޮވާނީ އޭޕްރިލް 30 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ. މި ލަކީޑްރޯގައި ބައިވެރިވެވޭނީ 2،000ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ.

އޮޒާރޯއިން ވިއްކަން ހުންނަ ބެޑްރޫމ ސެޓުތަކެއް ޑިސްޕްލޭކޮށްފައި-- ފޮޓޯ: އޮޒާރޯ

އޮޒާރޯއިން ވިއްކަން ހުންނަ ބެޑްރޫމ ސެޓުތަކެއް ޑިސްޕްލޭކޮށްފައި-- ފޮޓޯ: އޮޒާރޯ

މީގެ އިތުރުން މި ސޭލްގެ މުއްދަތުގައި އެ ފިހާރައިން ކުރާ ކޮންމެ 2،000ރ. ގެ ވިޔަފާރިއަކަށް 100ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ. އަދި ކޮންމެ 10،000ރ. ގެ ވިޔަފާރިއަކަށް 500ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ. މި ވައުޗާތައް ބޭނުންކޮށްގެން، ސޭލް ނިމޭތާ ދެ މަސް ތެރޭގައި އޮޒާރޮއިން ވިޔަފާރި ކުރެވޭނެ އެވެ.

އޮޒާރޮއިން ކޮންމެ އަހަރެއްގެ ރޯދައާ ދިމާކޮށް ކުރިއަށްގެންދާ މި ސޭލަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ.