Roadha Mihaaru
ބޮޑެތި ޑިސްކައުންޓާއެކު ރެޑްވޭވްގެ ހަފުތާ ސޭލް ފަށައިފި

ބޮޑެތި ޑިސްކައުންޓާއެކު ރެޑްވޭވްގެ ހަފުތާ ސޭލް ފަށައިފި

21 ޖުލައި 2019

ބޮޑެތި ޑިސްކައުންޓުތަކާއި އަގުހުރި އިނާމްތަކާއެކު ރެޑްވޭވް "ހަފުތާ ސޭލް" މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޮޑެތި ޑިސްކައުންޓުތަކާއި އަގުހުރި އިނާމްތަކާއެކު ރެޑްވޭވް "ހަފުތާ ސޭލް" މިއަދު ފަށައިފި އެވެ.

މި ސޭލުގައި ރެޑްވޭވުގެ ފިހާރަތަކުން 100 ރުފިޔާ އިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރި ވެވޭނެ އެވެ. މި ސޭލް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

ރެޑްވޭވުން ކުރިއަށްގެންދާ މި ސޭލުގައި ކޮންމެ ހަފުތާއަކު ތިން ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހުންގެ ތެރެއިން އެއްވަނަ އަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސޭލުގައި ދެވަނަ އަށް ދާ ފަރާތަކަށް 3،000ރ. އަދި ތިން ވަނަ އަށް ދާ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މީގެ އިތުރުން ކޮންމެ ހަފުތާ އަކު އެ ފިހާރައިން ކަނޑައަޅާ ވަކި އައިޓަމްތަކަކުން ބޮޑެތި ޑިސްކައުންޓްތައް ވެސް މި ސޭލުގެ ތެރެއިން ލިބޭނެ އެވެ. އެގޮތުން މި ހަފުތާގެ ކްލިއަރެންސް ސޭލުގެ ގޮތުގައި އެކި ބާވަތްތަކުގެ އަވަނާއި ތަށިން ވަނީ 50 ޕަސެންޓުގެ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފަ އެވެ.

ރެޑްވޭވުން ބުނީ މި ސޭލަކީ ކަސްޓަމަރުން ހަފުތާ ބަންދުގައި ދިގު ކިޔޫތަކުގައި ޖެހިގެން ވިޔަފާރި ކުރަމުން ގެންދާތީ އެކަމަށް ހައްލެއް ގެނައުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަނުގައި ރެޑްވޭވްގެ ކަސްޓަމަރުން ފާހަގަކުރެވި ކުރި އަށް ހުރި ޕްރޮމޯޝަންތައް އެ ކަސްޓަމަރުންނަށް ފައިދާވާނެހެން ކުރިއަށް ގެންދާނެ ކަަމަށް ވެސް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ މި ޕްރޮމޯޝަން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވިޔަސް ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ތަރުހީބަށް ބެލުމަށް ފަހު މި ސޭލުގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ.