ދީނީ ގޮތުން ހިޔާލުތަފާތުވުން އުފެދޭ މައްސަލަތަކާ ގުޅުވައިގެންނާއި މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް ދޮގު ވާހަކަތައް ފަތުރައި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ބައިބައިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފި އެވެ.
29 ފެބުރުއަރީ 2020
ދީނީ ގޮތުން ހިޔާލުތަފާތުވުން އުފެދޭ މައްސަލަތަކާ ގުޅުވައިގެންނާއި މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް ދޮގު ވާހަކަތައް ފަތުރައި މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ބައިބައިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފި އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ވަކާލާތުކުރާ އެމްޑީޕީން ނެރުނު ބަޔާނުގައި ހަނދާންކޮށްދީފައި ވަނީ، ގާނޫނުއަސާސީގައި އެ ހައްގު ކަށަވަރުކޮށްދީފައި ވަނީ ވަކި ހުދޫދުތަކެއްގެ ތެރޭގައި ކަމެވެ. ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ އެހެން ހައްގުތަކެކޭ އެއްގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމުގައި އެމްޑީޕީގެ ދައުރު ބޮޑުކަން ބަޔާނުގައި ފާހަގަކޮށް، ބުނެފައި ވަނީ މުޖުތަަމައު ބައިބައިކޮށް ފިތުނަ އުފެއްދުމުގެ މަސައްކަތް ބަލައިނުގަންނަ ކަމަށެވެ.
މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެ ނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަންއަމާންކަމާއި ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. --އެމްޑީޕީ
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ބަޔާނުގައި ބުނިގޮތުގައި ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް ފަހަކަށް އައިސް ދެ މައުޟޫއަކަށް ސޯޝަލްމީޑިއާ އާއި އެހެން ގޮތްގޮތުން ވެސް ވާހަކަ ދައްކަމުންދެ އެވެ. އެއް ކަމަކީ ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި، އެ ފަރާތްތަކާ މެދު ހިޔާލުތަފާތުވާ މީހުންނަކީ އިސްލާމްދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް ރުޅިވެރިކަމާއި ނަފްރަތު އުފެއްދުން ކަމަށް އެ ޕާޓީން ބުންޏެވެ.
މި މައުޟޫއުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމުގެ މިސާލެއްގެ ގޮތުން ދެއްކީ މިދިޔަ މަހުގެ ތެރޭގައި ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕަކާ ގުޅޭ ގޮތުން ފެތުރި ވާހަކަތަކެވެ.
"ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެ މީސްމީހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މި މައްސަލައިގައި ބޮޑެތި ދޮގު ހެދުމުގެ ނަތީޖާ އަކީ ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންތަކެއްވެ ފުރާނަ އަށް ނުރައްކާވާ ދަރަޖަ އަށް ކަންކަން ގޮސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. ދީނީ ހައްދުފަހަނަޅައި ދިއުން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެގޮތަށް އަމަލުކުރަމުން ދަނީ ހީލަތްތެރި ރޭވުމުގެ ތެރެއިން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މާލެ އާއި އަތޮޅުތަކުގެ ވާހަކަ އިން މުޖުތަމައު ބައިބައިވާ ކަމަށް އެމްޑީޕީން ބުނިއިރު، އެ ވާހަކަތައް ފެންމަތިކޮށް، ބޮޑު ބަހުސަކަށް ހެދީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެމްބަރުންނެވެ. އެގޮތުން، މަޖިލީހުގައި ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ މެމްބަރުން އެ ވާހަކަތައް ފެންމަތިކޮށް، ސޯޝަލް މީޑީއާގައި މާލޭގެ މީހުންނާއި އަތޮޅުތަކުގެ މީހުން ޖެހޭ ގޮތަށް ވާހަކަތައް ފެތުރި އެވެ.
އެ ޕާޓީން ބުނީ މުޖުތަމައު ބައިބައިކުރަން ދައްކާ އަނެއް ވާހަކައަކީ މާލެ އާއި އަތޮޅުތަކުގެ ވާހަކަ ކަމަށެވެ. އެއީ ވެސް އެއް ބަޔަކު އަނެއް ބަޔަކާ މެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ފިތުނަކުރަން ދައްކާ ވާހަކަތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
މާލެ އާއި އަތޮޅުތަކުގެ ވާހަކަ އިން މުޖުތަމައު ބައިބައިވާ ކަމަށް އެމްޑީޕީން ބުނިއިރު، އެ ފަދަ ވާހަކަތައް ފެންމަތިކޮށް، ބޮޑު ބަހުސަކަށް ހެދީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ ބައެއް މެމްބަރުންނެވެ. އެގޮތުން، މަޖިލީހުގައި ދެ ފަހަރެއްގެ މަތިން އެމްޑީޕީގެ މެމްބަރުން އެ ވާހަކަތައް ފެންމަތިކޮށް، ސޯޝަލް މީޑީއާގައި މާލޭގެ މީހުންނާއި އަތޮޅުތަކުގެ މީހުން ޖެހޭ ގޮތަށް ވާހަކަތައް ފެތުރި އެވެ.
އެމްޑީޕީން ބުނިގޮތުގައި ރައްޔިތުންގެ މެދުގައި ރުޅި އާއި ނަފްރަތު އުފައްދައި މުޖުތަމައު ބައިބައިކޮށް ފިތުނަކުރަން ވާހަކަ ދެއްކުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
އޮފިސަރުން ވަކިކުރެވޭ ގޮތަށް ފުލުހުންގެ ބިލު ފާސްކޮށްފި
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، އާންމުން ރުޅިގަދަވެއްޖެ
މިނިސްޓަރަށް ފުލުހުންގެ އިތުބާރެއް ނެތް: މެމްބަރު ރާއީ
ބިލްތަކުގެ މަޝްވަރާ އަތޮޅުތަކުގައި ބާއްވަނީ
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ
އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދީފި
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް