Roadha Mihaaru
ލޯކަލް އިންތިހާބު ކާމިޔާބުކުރަން ދަތިވާނެ: ރައީސް

މައްސަލަ ހައްލު ނުކޮށް ލޯކަލް އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ: ރައީސް

08 އޮކްޓޯބަރ 2016

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ނުކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ނުކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 14، 2017 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ހޯދުމުގައި ކުރިމަތިވާ މައްސަލަތަކާ ގުޅޭ ގޮތުން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި މެމްބަރަކު ކަންބޮޑުވުން ފާޅުކުރެއްވުމާއެކު، އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ވިދާޅުވި "ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ދަތިވާނެ ޕާޓީގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ނުކޮށް" މިހެންނެވެ.

ރައީސް ޔާމީން އެހެން ވިދާޅުވުމާއެކު، އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބަވާ މެމްބަރުން ވަނީ އެ ވާހަކަފުޅަށް ތާއީދު ކުރައްވައިފަ އެވެ.

މެމްބަރަކު ކަންބޮޑުވުން ފާޅުކުރެއްވީ، ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން، ޕާޓީގެ ނަމުގައި ލޯކަލް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމުލާންވީ ކޮން އޮފީހަކަށް ކަމެއް ސާފުނުވާ ކަމަށް ވިދާޅުވެ އެވެ. ޖަވާބުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ޕާޓީގެ އޮފީހަށް ފޯމުތައް ފޮނުއްވައި ދެއްވަންވީ ކަމަށާއި އެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

ޕީޕީއެމް އޮފީހެއް ހުންނައިރު، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހެއް ވެސް ވަކިން އަންނަނީ ހިންގަމުންނެވެ. ރައީސް ޔާމީން އަދި ސަރުކާރު ޕްރޮމޯޓް ކުރުމާ ގުޅޭ ގިނަ ކަންތައްތަކެއް ޖަނަވަރީމަގުގައި ހުންނަ އެ އޮފީހުން ކުރިއަށް ގެންދެ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގެ ރިޔާސަތު މައުމޫން ބަލަހައްޓަވަނީ: މައުމޫންގެ އަގު ވައްޓާލި މެމްބަރުން މާފަށް އެދިވަޑައިނުގަންނަވަނީސް ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އެމަނިކުފާނު މިއަދު ވަނީ ވިދާޅުވެފައި.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގެ ރިޔާސަތު މައުމޫން ބަލަހައްޓަވަނީ: މައުމޫންގެ އަގު ވައްޓާލި މެމްބަރުން މާފަށް އެދިވަޑައިނުގަންނަވަނީސް ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އެމަނިކުފާނު މިއަދު ވަނީ ވިދާޅުވެފައި.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ޕާޓީން ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން މި މަހުގެ 16ގެ ކުރިން ޕީޕީއެމްގެ އޮފީހަށް ފޯމް ލުމަށް އެދި އެ ޕާޓީން ވަނީ މިދިޔަ ބުރާސްފަތިދުވަހު އިއުލާންކޮށްފަ އެވެ.

ޕީޕީއެމް ޓިކެޓް ލިބޭނީ މި މަހުގެ ހައެއްގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ވަނީ ހަމަޖައްސައިފަ އެވެ. އަދި ދާއިރާ އަށް ކުރިމަތިލާންޖެހޭ އަދަދަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ކުރިމަތިލާއިރު، ޕީޕީއެމްގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެ ނުލިބި، ދުވަހެއް ދުވަހަކަށް މައްސަލަ ދަނީ ހޫނުވަމުންނެވެ.