Roadha Mihaaru
ސްޓެލްކޯގައި ތަމްރީން ހޯދަން ފުރުސަތު ހުޅުވާލައިފި

ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

25 ފެބުރުއަރީ 2020

މަސައްކަތުގެ ދާއިރާއިން އަމަލީ ތަޖުރިބާ ހާސިލް ކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަސައްކަތުގެ ދާއިރާއިން އަމަލީ ތަޖުރިބާ ހާސިލް ކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެކަމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ އެވެ. މި ޕްރޮގްރާމަށް ހޮވާނީ 10 މީހުންނެވެ.

މި ޕްރޮގްރާމުގައި ސްޓެލްކޯއިން ދެ ދާއިރާއަކުން މީހުން ތަމްރީން ކުރާނެ އެވެ. އެއީ ވިޔަފާރި އާއި އިންޖިނިއަރިންގެ ދާއިރާ އެވެ. މި ދާއިރާތަކަކީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތައް ކަން ފާހަގަކޮށްލެވެ އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ތަމްރީނުގެ ފުރުސަތު ހުޅުވާލައިފައިވާ ދެ ދާއިރާއިން ކޮންމެވެސް އެއް ދާއިރާއިން ޑިޕްލޮމާ ހާސިލް ކޮށްފައިވާ މީހަކަށެވެ. ޑިޕްލޮމާއެއް ނެތް ނަމަ އޭ ލެވެލްގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް އަދި އޯ ލެވެލްގެ އިނގިރޭސި މާއްދާ އިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.

މި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ބައިވެރިންނަށް ސްޓެލްކޯއިން އެލަވެންސެއް ވެސް ދޭނެ އެވެ. އަދި ތަމްރިޏުގެ ތެރޭގައި ރަނގަޅު މީހުންނަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތުތައް ލިބޭނެ އެވެ.