Roadha Mihaaru
ދިރާގުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ދިރާގުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

23 ފެބުރުއަރީ 2020

ދިރާގުގެ ބޯޑަށް އެ ކުންފުނީގެ އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުގެ ބޯޑަށް އެ ކުންފުނީގެ އާއްމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ ދެއަހަރަކުން އެއް އަހަރު ދިރާގު ބޯޑަށް އާއްމު ހިއްސާދާރުންގެ ފަރާތުން މެމްބަރަކު އައްޔަން ކުރެ އެވެ. އެގޮތުން، އަންނަ މަހު ބާއްވާ އަހަރީ އާއްމު ޖަލްސާގައި ވެސް އާއްމު މެމްބަރުންގެ ވޯޓުން ޑިރެކްޓަރެއް އައްޔަންކުރާނެ އެވެ. މި މަގާމަށް އައްޔަން ކުރާ މެމްބަރުގެ ދައުރު ހަމަވާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގަ އެވެ.

މި މަގާމަށް ކުރިމަތިލާ މީހަކު ވާން ޖެހޭނީ ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން މަސައްކަތް ކުރެވޭ މީހަކަށެވެ. އަދި ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުތަކާއި ޝަރުތުތައް ވެސް އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގުގެ ހިއްސާދާރަކަށް ވެފައި ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރި މީހަކަށް ވެސް ވާން ޖެހޭނެ އެވެ

މި މަގާމަށް ކުރިމަތިލާ ހިއްސާދާރުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން "ދިރާގު ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދޭ ފޯމް" ހުށަހަޅަން ޖެހޭނެ އެވެ. މި މަގާމަށް އަންހެނަކު ކުރިމަތިލުމަކީ ދިރާގުން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ.