24 ފެބުރުއަރީ 2020
އިސްކޮޅުން ކުރުކަމުން ބުލީގެ ޝިކާރައަކަށްވެފައިވާ އޮސްޓްރިލިއާ ކުއްޖެއްގެ ވާހަކަ އަކީ މި ދުވަސްކޮޅު މީޑިއާތަކުގައި ވަރަށް ގަދަ އަށް ދެކެވޭ ވާހަކައެކެވެ. އެއް ބަޔަކު އެ ކުއްޖާގެ ދިފާއުގަައި މަސައްކަތްކުރަނީ އެވެ. އަނެއް ބަޔަކު އޭނާއާ ދެކޮޅަށް ކެމްޕޭން ކުރަނީ އެވެ. އެގޮތުން މިއީ ނުވަ އަހަރުގެ ކުއްޖެއް ނޫން ކަމަށާއި އޭނާގެ އުމުރު އޭގެ ދެ ގުނަ އަށް އަރާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަަތައް ދައްކައިފަ އެވެ.
އިސްކޮޅުން ކުރުކަމުން ބުލީގެ ޝިކާރައަކަށްވެފައިވާ އޮސްޓްރިލިއާ ކުއްޖެއްގެ ވާހަކަ އަކީ މި ދުވަސްކޮޅު މީޑިއާތަކުގައި ވަރަށް ގަދަ އަށް ދެކެވޭ ވާހަކައެކެވެ. އެއް ބަޔަކު އެ ކުއްޖާގެ ދިފާއުގަައި މަސައްކަތްކުރަނީ އެވެ. އަނެއް ބަޔަކު އޭނާއާ ދެކޮޅަށް ކެމްޕޭން ކުރަނީ އެވެ. އެގޮތުން މިއީ ނުވަ އަހަރުގެ ކުއްޖެއް ނޫން ކަމަށާއި އޭނާގެ އުމުރު އޭގެ ދެ ގުނަ އަށް އަރާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަަތައް ދައްކައިފަ އެވެ.
ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި 18 އަހަރުގެ އެ ޒުވާނާ އާއި އޭނާގެ މަންމަ ދަނީ ބުލީ ބަހަނާއަކަށް ހަދައި ފައިދާތަކެއް ނަގަމުންނެވެ.
An Aussie mum's strong message about bullying has gone viral and is breaking people's hearts. pic.twitter.com/RBmLUBxtQf
— news.com.au (@newscomauHQ) February 20, 2020
ނަމަވެސް އެ ކުއްޖާގެ އާއިލާ އިން ބުނަނީ އެ ކުއްޖާ އުފަންވީ ޑިސެމްބަރު 13، 2010 ގައި ކަމަށެވެ. އަދި އޭނާ އަށް އެކޮންޑްރޮޕްލޭޝާ ނުވަތަ ޑްވާފިޒަމްގެ ޝިކާރައަކަށްވީ އުމުރުން ތިން އަހަރުގައި ކަމަށް ބުނެ އެވެ.
ބައެއް މީހުން ވަނީ މި ކުއްޖާ އާއި އާއިލާ ޑިޒްނީ ލޭންޑަށް ފޮނުވައިދޭން ބަޔަކު ފަންޑްރައިޒް ކުރާތީ އެކަމަށް ވެސް ފާޑު ކިޔައިފަ އެވެ. އޭގެ ތެރޭގައި އިސްކޮޅުން ކުރު ބަޔަކު ތިބޭ މަޝްހޫރު އާއިލާއެއް ކަމަށްވށާ "7 ލިޓްސް ޖޯންސް' އިން ވަނީ އިސްޓަގްރާމްގައި އެކަމާ ދެކޮޅަށް ޝުއޫރުތައް ބަންޑުންކޮށްފަ އެވެ.
ކްއަޑޭން ބޭލެޒަކީ އޮސްޓްރޭލިއާގެ ކްއީންސްލޭނަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާގެ މަންމަ ޔެރާކާ ބޭލެޒް ކިޔައިދީފައިވާ ގޮތުގައި ނުވަ އަހަރުގެ ފަރުފުޅު ވަނީ ސްކޫލްގައި ބުލީ ޝިކާއަރަކަށްވެ، ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކުރަމުންނެވެ. އަދި މިކަމާ ހުރެ އޭނާ ބޭނުން ވަނީ އަމިއްލަ މަރުވާބް ކަމަށް ވެސް ބުނެފައިވެ އެވެ. ދަރިފުޅު ބުލީގެ ޝިކާރަކަށްވުމާ ގުޅިގެން ޔެރާކާ އަންނަނީ 2015 އިން ފެށިގެން އެކަމާ ދެކޮޅަށް ހޭލުންތެރިކަން އުފައްދަން ވެސް މަސައްކަތްކުރަމުންނެވެ.
މި ވާހަތަކާ ގުޅިގެން މަޝްހޫރު އެތައް ބަޔަކާއި އާންމުންގެ ގިނަ ބަޔަކު ވެސް ކްއާޑޭންގެ ދިފާއުގައި ވާހަކަ ދައްކަމުންދާ އިރު، އޭނާ ދެކޮޅަށް ބައެއް ދައްކާފައި ހުރި ވާހަކަތަކަށް ބަލާ އިރު އުމުރު އޮޅުވާލައިގެން މަޝްހޫރުކަމާއި މީހުންގެ ފަރާތުން އެހީ ހޯދަން އުޅޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ކްއަޑޭން އަކީ މީގެ ދުވަސްކޮޅެއް ކުރިން އިންސްޓަގްރާމް އެކައުންޓެއް ހަދައިގެން ބޮޑު ސަމާލު ކަމެއް ހޯދުމަށް ފަހު، މިހާރު އުމުރު އޮޅާވާލައި ބުކީގެ ޝިކާރައެއްގެ ދައުވާކުރާ މީހެއް ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ހަގީގަތް ފަޅާއެރުމުން ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކްކޮށްފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ކޮންމެއަސް ކްއަޑޭން އަށް އެތައް ބައެއްގެ ލޯތްބާއި ސަމާލުކަން ލިބިއްޖެ އެވެ. އޭނާ އަށް މި ދަނޑިވަޅުގައި ލިބުނު އެއް ފުރުސަތަކީ ރަގްބީ ޓީމެއް ކަމަށްވާ ސައުތު ސިޑްނީ ރެބިޓޯސްއާ އެއެކު ވަގުތު ހޭދަކުރުމެވެ. އެ ތަޖުރިބާ އަށް ފަހު، ކްއަޑޭން ޗަނީ އޭނާގެ ހުވެފަނަކީ އެ ކުޅިވަރުގެ ތަރިއަކަށްވުން ކަމަށް ބުންޏެވެ.
އަނެއްކޮޅުން ކްއަޑޭން އާއި އާއިލާ ޑިޒްނީ ލޭންޑަށް ފޮނިވައިދޭން އިސްކޮޅުން ކުރު އެމެރިކާގެ ކޮމީޑިއަން ބްރެޑް ވިލިއަމްސް ގޯފަންޑްމީ ޕޭޖްފައި ފެށި ފަންޑް ރެއިޒިން ކެމްޕޭނާ އެކު އެތައް ހާސް ޑޮލަރެއް މިހާރު ވަނީ ލިބިފަ އެވެ.
ދިހަ ހާސް ޑޮލަރު އެއްކުރުމގެ ބޭނުމުގައި ފެށި ކެމްޕޭނުގެ ދަށުން މިހާތަނަށް ފައިސާ ލިބުނު އަދަދު ވަނީ 460,000 ޑޮލަރަށް ވުރެ މަތީގަ އެވެ.
ބުލީގެ ޝިކާރައަކަށްވި ކުއްޖާ ކޮލަމިސްޓަކަށް ދައުވާކޮށްފި
ކްއަޑޭން އަށް ލިބުނު އެހީ ޗެރިޓީތަކަށް
ބުލީގެ ޝިކާރައަކަށްވި ކުއްޖާ އަށް އެތައް ބައެއްގެ ލޯބި
ހޭންޑް ފުޓް އެންޑް މައުތު: އިސްކުރަންވީ ތާހިރުކަން
އަނިޔާވި ކުއްޖާއަށް ފަރުވާދީ ފިޔަވަޅު އަޅަނީ
ކުދިންތަކެއް އެހެންކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ
އޮސްޓްރޭލިޔާ އިން ގެއްލުނު 4 އަހަރުގެ ކުއްޖާ ފެނިއްޖެ
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
"ވުލްވުރީން" އެދެނީ ހަމުގެ ކެންސަރަށް ސަމާލުވާން
އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ސާމާނު