އިންޑިއާގެ ފީޗާ ފިލްމަކަށް މިހާތަނަށް އޮސްކާ އެވޯޑެއް ނުހޯދިގެން އުޅޭ މައިގަނޑު ސަބަބަކީ އެފަދަ ފްލެޓްފޯމަކަށް ވާދަކުރާ އިރު، ފިލްމުތައް ރަނގަޅަށް ޑިސްޓްރިބިއުޓްކުރަން ނޭނގުން ކަމަށް މަޝްހޫރު ޕްރޮޑިއުސަރު ގުނީތު މޮމްގާ ބުނެފި އެވެ.
20 ފެބުރުއަރީ 2020
އިންޑިއާގެ ފީޗާ ފިލްމަކަށް މިހާތަނަށް އޮސްކާ އެވޯޑެއް ނުހޯދިގެން އުޅޭ މައިގަނޑު ސަބަބަކީ އެފަދަ ފްލެޓްފޯމަކަށް ވާދަކުރާ އިރު، ފިލްމުތައް ރަނގަޅަށް ޑިސްޓްރިބިއުޓްކުރަން ނޭނގުން ކަމަށް މަޝްހޫރު ޕްރޮޑިއުސަރު ގުނީތު މޮމްގާ ބުނެފި އެވެ.
އޭނާ އަކީ 2018 ގެ އޮސްކާގައި އެންމެ މޮޅު ޑޮކިއުމަންޓަރީ ޝޯޓްގެ އޮސްކާ ހޯދި ފިލްމު "ޕީރިއަޑް. އެންޑް އޮން ސެންޓެންސް" ގެ ޕްރޮޑިއުސަރެވެ.
އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި މޮންގާ ބުނީ އޮސްކާއާ އެންމެ ގާތަށް ދެވޭނެ އެއް ގޮތަކީ ފިލްމުތައް ޑިސްޓްރިބިއުޓްކުރާނެ އެމެރިކާގެ ކުންފުންޏެއް ހޯދައި، އެ ބަޔަކާ ގުޅިގެން ފިލްމު ޕްރޮމޯޓްކުރަން މަސައްކަތްކުރުން ކަމަށެވެ. އެގޮތުން "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" ގައި ނެޓްފްލިކްސް އަދާކުރި ދައުރާއި މި އަހަރުގެ އޮސްކާގައި އެންމެ ވަރުގަދަ އެވޯޑްތައް ހިއްލާލައި، އޮސްކާގެ ތާރީހުން ވެސް ޖާގަ ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ ޑިސްޓްރިބިއުޝަނާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ނިއޯން ހިއްސާވިކަން ފާހަގަކުރި އެވެ.
"އަހަރެމެން ވެސް ހަގީގުގައި މަސައްކަތްކުރަންވީ އެ މިސްރާބަށް. އެމެރިކާގެ ޑިސްޓްރިބިއުޓަރަކާ ފިލްމު ހަވާލުކުރީމަ އޮސްކާގެ ފައިނަލް ނޮމިނޭޝަނާ ހަމައަށްދާން ވަރަށް ބޮޑަށް މަގުފަހިވޭ. އެ މީހުން ފިލްމު ރެޕްރެޒެންޓްކޮށް ދިނުމަކީ ވަރަށް ގިނަ ގޮތްގޮތުން ފުރުސަތުތައް މަގުފަހިވާނެ ކަމެއް. މިއީ ތަޖުރިބާކުރެވިފައި ހުރި ކަމެއް. އެކަމަކު އަހަރެން އިންޑިއާގައި ފިލްމު ހަދާ މީހުން މިކަމަކާ އެހާ ވަރަކަށް ނޫޅޭ. އަދި މި ވާހަކަ ނުވެސް ދައްކާ." "މަސާން" އާއި "ދަ ލަންޗްބޮކްސް" އަދި "ގޭންގް އޮފް ވަސޭޕޫރް" ފަދަ މޮޅު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ މޮންގާ ބުންޏެވެ.
އޭނާ ބުނީ ފިލްމަކަށް އެމެރިކާގެ ޑިސްޓްރިބިއުޓަރެއް ހޯދުމަކީ ފަސޭހަ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެކަމަކު އިންޑިއާގެ ފީޗާ ފިލްމަކަށް އޮސްކާ ހޯދަން ބޭނުން ނަމަ، ކުރިން މަސައްކަތް ނުކުރާ ވަރަށް މަސައްކަތްކޮށް، ނެޓްވޯކް ވަރުގަދަކުރަން ޖެހޭ ކަމަށް ބުންޏެވެ.
މޮންގާ ބުނިގޮތުގައި "ޕެރަސައިޓް" ގެ ތަޖުރިބާ އިން ފާހަގަކުރެވުނު ކަމަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގެ ފިލްމަކަށް ވެސް އޮސްކާގެ މޮޅު ފިލްމުގެ އެވޯޑާ ހަމައަށް ދެވިދާނެ ކަމެވެ. އެގޮތުން ކޮންޓެންޓްގެ ގޮތުން ވަރުގަދަ އަދި އާދަޔާހިލާފު ފިލްމުތައް އެކި ހިސާބުތަކުގައި އުފައްދަމުން އަންނަ ކަމަށް ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ރަނގަޅަށް މަސައްކަތްކުރެވިއްޖެ ނަމަ އިންޑިއާ އަށް އޮސްކާ ނުގެނެވޭނެ ސަބަބެއް ނެތް." މިހާރު ފްލިޕްކާޓް އެޕަށް ހާއްސަކޮށްގެން "ޒިންދަގީ އިންޝޯޓް" ގެ ނަމުގައި ހަތް ސެގްމަންޓް ހިމެނޭ އެންތޮލޮޖީ ފިލްމެއް ހަދަމުން އަންނަ މޮންގާ ބުންޏެވެ.
އިންޑިއާ އިން މި އަހަރު އޮސްކާގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ފޮނުވި "ގަލީ ބޯއި" ނޮމިނޭޓްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކޮށްގެން ތިއްބައި، އެ އުންމީދު ވެސް ވަނީ ފެނަށްވެފަ އެވެ.
މިހާތަނަށް އޮސްކާގެ ބޭރުގެ ފިލްމު ކެޓަގަރީގެ ނޮމިނޭޝަނާ ހަމައަށް އިންޑިއާ އަށް ދެވުނީ އެންމެ ތިން ފަހަރު އެވެ. އެއީ 2001 ގެ "ލަގާން" އާއި 1988 ގެ "ސަލާމް ބޮމްބޭ" ގެ އިތުރުން 1957 ގެ "މަދަ އިންޑިއާ" އެވެ.
އަހަރެއްގެ މައްޗަށް ދުނިޔޭގައި އެންމެ ގިނައިން ފިލްމު އުފައްދާ އިންޑިއާ އަކީ ކޮންމެ އަހަރަކު ވެސް އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް ފިލްމުތައް ފޮނުވާ ގައުމެކެވެ.
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
އަންނަ އަހަރުގެ އޮސްކާ އަށް އިންޑިއާ އިން "ޖަލިކައްޓޫ"
ޔުނިވާސަލް ޕިކްޗާޒް އިންޑިއާ ދޫކޮށްލަނީ
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު
އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމެއް
ފިލްމުތައް ހިޓް ނުވާތީ ދާއިރާއާ ދުރަށް ދާން އުޅުނު
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް
ޑިޝާ އަށް ވެސް ހޮލީވުޑްގެ ޕްރޮޖެކްޓެއް