31 މެއި 2016
ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް އަންނަ އޮގަސްޓް މަސް ހާއްސަ ވާނެ އެވެ. ސަބަބަކީ އަނެއްކާ ވެސް މޮޅު އަދި ތަފާތު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެތީ އެވެ.
ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުންނަށް އަންނަ އޮގަސްޓް މަސް ހާއްސަ ވާނެ އެވެ. ސަބަބަކީ އަނެއްކާ ވެސް މޮޅު އަދި ތަފާތު ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެތީ އެވެ.
ޔާރާ ޕްރޮޑަކްޝަންގެ ތައްގަނޑާ އެކު މި ފަހަރު އަންނަ ފިލްމަކީ "ވިޝްކާ" އެވެ. މިއީ މީގެ ކުރިން އެ ސްޓޫޑިއޯ އިން ހަދާފައިވާ ފިލްމުތަކާ މުޅިން ތަފާތު ރަހައެއްގެ ފިލްމެވެ. އެހެންވެ ޔާރާގެ "ހިތް ދީީފާ ޔާރާ" އާއި "ފަނާ" އަދި "ހުކުރު ވިލޭރޭ" ކަހަލަ ފިލްމަކަށް މި ފަހަރު އުންމީދުކޮށްގެން ނުވާނެ އެވެ.
އެ ފިލްމުތަކަކީ ކޮމާޝަލް ރަހަތަކުން އައި ފިލްމުތަކެވެ. އެކަމަކު "ވިޝްކާ" އަކީ މުޅީ ތަފާތު ރަހައެއްގެ ފިލްމެކެވެ. ފިލްމަކީ ޓީޒާ ބަލާލުމުން ވެސް މިއީ "ޑާކް" ފިލްމެއްކަން އެނގެ އެވެ. ފިލްމުގެ ކޮންޓެންޓަކީ "ލައިޓް ހާޓެޑް" އެއްޗެއް ނޫންކަން އެނގެ އެވެ.
"ވިޝްކާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސްކްރީންރައިޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް މަހުދީ އަހުމަދެވެ.
އެހެންވެ "ވިޝްކާ" ބަލަން އޮގަސްޓް މަހު ސިނަމާ އަށް ދާންވާނީ ކުލަ ގަދަ ކޮސްޓިއުމްތަކާ އެކު އެކްޓަރުން ގަސްތަކުގެ ވަށައިގެން ދުވެ، ނަށާ ކަހަލަ ލަވަތަކެއް ވެސް ނުހުންނާ ކަހަލަ ފިލްމެއްކަން އެނގި ތިބެ އެވެ.
"ވިޝްކާ" އަކީ މުޖުތަމައުގެ މިހާރުގެ "އަނދިރި ފަރާތް" ފެނިގެން ދާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. ފިލްމުގައި މުޖުތަމައު ތެރޭގައި ހުރި އެތައް ބަލިމަޑު ކަމެއް ފެނިގެން ދާނެ އެވެ.
މީގެ ވާހަކަ ލިޔެފައި ވަނީ އަބުދުﷲ ވިޝާމެވެ. "ވިޝްކާ" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސްކްރީންރައިޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް މަހުދީ އަހުމަދެވެ. އެހެންވެ މިއީ ވެސް މި ފިލްމް ހާއްސަވާ އެއް ސަބަބެވެ.
"ވިޝްކާ" އަށް ކުރެވޭ އުންމީދުތައް މިހާރުން ފެށިގެން ވެސް މާ މަތީގައި އުޅޭ ސަބަބަކީ މިއީ އެވެ؛ މިއީ ރަވީ ފާރޫގްގެ ޑައިރެކްޝަނެކެވެ. އަނެއްކޮޅުން މި ފަހަރު އޭނާ ސްކްރީނުން ވެސް ފެނިގެން ދާނެ އެވެ. "ލޫދިފާ" ފަދަ ފިލްމުތަކުގައި ރަވީ ކުޅެފައިވާ ރޯލްތަކުން އޭނާއަކީ އާދައިގެ އެކްޓަރެއް ވެސް ނޫންކަން އެނގެ އެވެ.
އޭނާގެ ޑައިރެކްޝަނަށް ބަލާ އިރު "އިނގިލި" އާއި "މިކޮއެ ބައްޕަ ބައޭބައޭ" އަކީ ހަމަ ވަރަށް ވަރުގަދަ ފިލްމުތަކެވެ. ސާކް ފިލްމް ފެސްޓިވަލްގައި 2014 ވަނަ އަހަރު "އިނގިލި" ބްރޯންޒް މެޑަލް ހޯދުމަށް ފަހު، ރަވީ އަނެއްކާ ވެސް ހަމަ އެ ފެސްޓިވަލުން މެޑެއްޔަކަށް އެބަ އުންމީދުކުރެ އެވެ.
މި ފަހަރު "މިކޮއެ ބައްޕަ ބައޭބައޭ" އިންނެވެ. އެ ދެ ފިލްމަކީ ވެސް މަހުދީގެ ސްކްރީންޕްލޭ އެވެ. އެހެންވެ ރަވީ އާއި މަހުދީގެ ކޮމްބިނޭޝަނަކީ ސަމާސާއަކަށް ނުވާނެ އެވެ.
ރަވީ އާއި ރިޝްމީގެ ޖޯޑް އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނަށް އައުމަކީ ވެސް ބެލުންތެރިންނަށް ލިބިގެން ދާނެ "ވިޝުއަލް ޓްރީޓެކެވެ."
"ވިޝްކާ" އިން ރަވީ އެނބުރި ސްކްރީނަށް އަަންނަ އިރު، ފިލްމުގެ ވާހަކަ މައިގަނޑި ގޮތެއްގައި އެނބުރެނީ ތިން ކެރެކްޓާއެއްގެ މައްޗަށެވެ. ފިލްމުން ދެން ފެނިގެން ދާނީ ޔާރާ ޕްރޮޑަކްޝަންގެ އެއް ހިއްސާދާރު ރިޝްމީ ރަމީޒެވެ. "މިކޮއެ ބައްޕަ ބައޭބައޭ" އިން ރިޝްމީ ވެސް ވަނީ އޭނާ އަށް އެކްޓް ކުރެވޭކަން ވަރަށް ބޮޑަށް ސާބޮތުކޮށް ދީފަ އެވެ.
އެހެންވެ ރަވީ އާއި ރިޝްމީ އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނަށް އައުމަކީ ވެސް ބެލުންތެރިންނަށް ލިބިގެން ދާނެ "ވިޝުއަލް ޓްރީޓެކެވެ." "ވިޝްކާ" ޓީޒާ އިން އެކަން އެބަ ދައްކުވައިދެ އެވެ.
އެ ދެ ތަރިންގެ އިތުރަށް އަހުމަދު ސައީދަކީ "ވިޝްކާ" މައިގަނޑު އެެއް ކެރެކްޓާ އެވެ. އޭނާއަކީ ވެސް އަބަދުވެސް ތަފާތު ރޯލްތަކުން ބެލުންތެރިން ބަލައިގެންފައިވާ އެކްޓަރެކެވެ. ކުރުކޮށް ބުނާ ނަމަ "ވިޝްކާ" އަކީ ބެލުންތެރިންނަށް މޮޅު އަދި ފުރިހަމަ އެކްޓިއެއް ފެނިގެން ދާނެ ފިލްމެކެވެ.
އެހެންވެ މި ހުރިހާ ކަމަކަށް ބަލާ އިރު "ވިޝްކާ" އަކީ އާދައިގެ ފިލްމަކަށް ނުވާނެ އެވެ. އިންތިޒާރެއްކޮށްލަމާ ހިނގާށެވެ. މިިއީ މި އަހަރު ސްކްރީނަށް އަންނަ އެންމެ ވަރިގަދަ ފިލްމަށް ވެސް ވެދާނެ އެވެ.
"ވިޝްކާ" ލަސްވަނީ ޓެކްނިކަލް މައްސަލަތަކާ ހެދި
"ވިޝްކާ" މި މަހު އޮޕިމްޕަހަށް އަންނަނީ
"ވިޝްކާ" މާޗް 8 ގައި ޝްވެކަށް
ވިޝްކާގައި ރިޝްމީގެ ކެރެކްޓާއަކީ "ދަ ގުޑް"
އަންގާވެސް ނުލައި ޔާރާއިން ފިލްމެއް ނިންމައިފި
"އަހުޝަމް" އާއި "މިކޮއެ ބައްޕަ ބައޭބައޭ" ސާކް ފެސްޓިވަލަށް
ރަވީ އާއި ރިޝްމީ ވަރިވެއްޖެ
ޔާރާ ފެމިލީގެ ހުރިހާ ތަރިން އެކީގައި ސީރީޒަކަށް!
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"އެހެނަސް 2" މި މަހުގެ 18 ގައި