Roadha Mihaaru
ސިޓީތަކަކީ އޮޅުވާލުމެއް، ޖިނާއީ ތަހުގީގެއް ބޭނުން!

ސިޓީތަކަކީ އޮޅުވާލުމެއް، ޖިނާއީ ތަހުގީގަކަށް ދާން ޖެހޭ: އެމްއޭސީއެލްގެ ވަކީލް

17 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޭން، ބޯޑުން ހުއްދަ ދީފަައިވާ ކަމަށް ބުނެ، އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ، އެތެރޭގެ ތަހުގީގަކަށް ވުރެ، ޖިނާއީ ތަހުގީގަކަށް ޖާގަ ދޭން ޖެހޭ ކަމަށް، އެމްއޭސީއެލްގެ ވަކީލް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެންމެ ވިދާޅުވެއްޖެ އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޭން، ބޯޑުން ހުއްދަ ދީފަައިވާ ކަމަށް ބުނެ، އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ، އެތެރޭގެ ތަހުގީގަކަށް ވުރެ، ޖިނާއީ ތަހުގީގަކަށް ޖާގަ ދޭން ޖެހޭ ކަމަށް، އެމްއޭސީއެލްގެ ވަކީލް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެންމެ ވިދާޅުވެއްޖެ އެވެ.

މިއީ، އެމްއޭސީއެލުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހެދި ޓާމިނަލް މާކެޓް ރޭޓަށް ވުރެ މާ ކުޑަ އަގެއްގައި އަދި ދިގު މުއްދަތަކަށް ޓީއެމްއޭއަށް ދޭން އެ ކުންފުނީގެ ބޯޑުން ނިންމި ކަމަށް ބުނެ، ބަދަލުކުރި ސިޓީތަކުގެ ސައްހަކަމާ މެދު އެމްއޭސީއެލުން ސުވާލު އުފެއްދި ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން ޑިސެމްބަރު 10، 2017 ގައި ޓީއެމްއޭއަށް ފޮނުވި ސިޓީއަށް ހަވާލާދީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލާ ގުޅިގެން، ބޯޑުގެ މެމްބަރުންނާއި އެމްއޭސީއެލްގެ ވަކީލް މަޒްލާން އުޅުއްވީ، މެމްބަރު އިޝާރަތް ކުރައްވާ ސިޓީ އާއި އެ ބޭފުޅުންގެ އަތުގައި އޮތް ސިޓީ ދިމާވޭތޯ ބައްލަވާށެވެ. އެކަމަކު ގަފޫރު ވިދާޅުވި ޖުމްލަ، އެމްއޭސީއެލްގައި އޮތް ސިޓީގައި ނުހިމެނެ އެވެ.

އެކަމާ ގުޅިގެން، މަޒްލާން ފުރަތަމަ ކުރު ވާހަކަކޮޅެއް ދެއްކެވީ ސަރުކާރުގެ ކުންފުނިތަކުގައި ހުންނަން ޖެހޭ ދެފުށް ފެންނަ އުސޫލުތަކާއި ކުންފުނިތަކުގެ އެތެރޭގައި ތަބާއަވާން ޖެހޭ ހަމަތަކާ ބެހޭ ގޮތުންނެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ އެ ސިޓީތައް ވުޖޫދުވެފައި ހުރީ ކާކު ބާރު ދީގެން، ކާކު ހުއްދަ ދީގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ ގާނޫނީ ވަކީލް މަޒްލާން، މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ ގާނޫނީ ވަކީލް މަޒްލާން، މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

މަޒްލާން ވިދާޅުވި ގޮތުގައި ހުރިހާ ލިއުންތަކެއް ހޯދައި، އެއްކުރުމުން މިހާރު ގަބޫލުކުރެވެނީ އެތެރޭގެ ތަހުގީގެއްގެ ބަދަލުގައި ޖިނާއީ ތަހުގީގެއް ހިންގާ ފަރާތްތަކަށް އެއްބާރުލުން ދޭން ޖެހޭ ކަމެވެ.

"ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ވާތީ، އެ ގޯސްތަކާ އެކު ކުރިއަށް ދާން ބޭނުން ނުވާތީ އެކަން ހުއްޓުވަން ޖެހޭނީ،" ޖިނާއީ ތަހުގީގަކަށް އެމްއޭސީއެލުން ޖާގަ ދޭން ޖެހޭ ސަބަބަށް އިޝާރާތް ކުރައްވައި މަޒްލާން ވިދާޅުވި އެވެ.

ބޯޑުން ނިންމި ނުވަތަ ހުއްދަ ދިން ކަމަށް ބުނެ، ޓީއެމްއޭއަށް ޖާގަ ދޭނެ ވަރާއި މުއްދަތާއި އަގާ ބެހޭ ގޮތުން ފޮނުވި ސިޓީތަކާ މެދު ސީރިއަސް ސުވާލުތަކެއް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އުފެދުމުގެ ކުރިން، ބޯޑުގެ މެމްބަރު ޑރ. އިބްރާހިމް މަހްފޫޒް ވިދާޅުވީ އެފަދަ ކަމަކާ ބެހޭ ގޮތުން ބޯޑުގައި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. މަހްފޫޒް، މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. މަހްފޫޒް، މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

އޭނާ އެހެން ވިދާޅުވުމުން ވެސް ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، 15 އަހަރުގެ މުއްދަތަށް ދޭން ބޯޑުން ހުއްދަ ދިން ކަމަށް ބުނެ ފޮނުވާފައި ހުރި ސިޓީތަކާ މެދު ސުވާލު އުފެދުނެވެ. އެކަމަކު އެމްއޭސީއެލްގައި އޮތް އެއް ސިޓީ އާއި މެމްބަރުންގެ އަތުގައި އޮތް ސިޓީގެ އިބާރާތްތައް ދިމާނުވުމުން، އެކަން ބޮޑު މައްސަލައަކަށް މިވަނީ ބަދަލުވެފަ އެވެ.

"އޮފާއެއް ދޭ ވަރަށް މަޝްވަރާ ކުރިއަށް ގޮސްފައެއް ނުވޭ. ބޯޑުން ފައިނަލް ކުރެވިގެން ނޫން،" ސިޓީގައި ހުރި ކަންކަމާ ބެހޭ ގޮތުން ސުވާލުކުރުމުން، ޑރ. މަހުފޫޒް ވިދާޅުވި އެވެ.

ކުރީގެ ބޯޑާއި އަދި މިހާރުގެ ބޯޑުގައި ވެސް ހިމެނިވަޑައިގަންނަވާ މެމްބަރެއްގެ ފަރާތްޕުޅުން މިގޮތަށް ވާހަކަ އައުމުން، ޓީއެމްއޭއަށް އެމްއޭސީއެލުން ފޮނުވި ސިޓީތަކުގައި، ޖެނެރަލް މެނޭޖަރެއް ކަމަށްވާ ހުސެން ފަޒީލް ސޮއިކުރައްވާފައި އޮތީ، ކާކު ބުނެގެން އަދި ކީއްވެގެން ކަމެއް ނޭނގެ އެވެ.

ޖީއެމްއާރު ބޭރުކޮށް އެމްއޭސީއެލުން އެއާޕޯޓާ ހަވާލުވުމާ އެކު އެ ދުވަސްވަރު މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރެއްވި ޑރ. މަހުފޫޒް ވިދާޅުވީ ބޯޑަށް މައުލޫމާތު ލިބުނީ، މަޝްވަރާތައް ކުރިއަށް ދިޔައީ ޓީއެމްއޭގެ އިތުރުން މޯލްޑިވިއަން ވެސް އެއްބަސްވެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގައި މުޅި ޓާމިނަލް ޓީއެމްއޭއަށް ދޭކަށް ނުވަތަ ޓީއެމްއޭއަށް ޖާގަ ދޭނެ ވަރާއި މުއްދަތާ މެދު ވެސް، ބޯޑުގެ އެއްވެސް ބައްދަލުވުމެއްގައި މަޝްވަަރާކޮށް، ގޮތެއް ވެސް ނިންމާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ސިޓީތަކަކީ އާބިޓްރޭޝަނަށް ދެވޭ ކަހަލަ އެއްޗެއް ނޫން

މާލިއްޔަތު ކޮމިޓީގެ އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ގިނަ މެމްބަރުން، ޓީއެމްއޭ އިން ދެއްކި ސިޓީތަކުގެ މައްޗަށް ބިނާކުރައްވާ ސުވާލުކުރައްވަމުން ގެންދެވީ، އެ ސިޓީތަކަކީ، އެމްއޭސީއެލްގެ ކޮމިޓްމެންޓެއް ކަމަށް ގާނޫނީ ގޮތުން ބެލިދާނެތޯ އާއި އެ ހިފައިގެން އާބިޓްރޭޝަނަށް ހިނގައްޖެ ނަމަ، އަނެއްކާވެސް ބޮޑު ބަދަލެއް ދައުލަތުން ދަައްކަން ޖެހިދާނެތޯ އެވެ.

އެ ކަންބޮޑުވުމަށް ގާނޫނީ ޖަވާބެއް ދެއްވަމުން މަޒުލާން ވިދާޅުވީ ގާނޫނީ ޕޮއިންޓެއް ނެގުމުގެ ފުރުސަތު އޮތަސް، އާބިޓްރޭޝަން ކަހަލަ ކަމެއްގައި ބަލާނެ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި، އޭނާ ވިދާޅުވީ، އެމްއޭސީއެލުން ހުށައަޅާ ކަންކަން ގަބޫލުކޮށްފައި އޮތުމާއި އީޖާބާ އާއި މުގާބިލް ފަދަ ކަންކަން ވެސް ފުރިހަމަވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

"މިއީ އެހާ ސިމްޕަލް ކަމެއް ނޫން،" ސިޓީތަކަށް ބިނާކޮށް އާބިޓްރޭޝަން ކަހަލަ ބޮޑު ކަމަކަށް ދެވިދާނެތޯ، އެމްޑީޕީ މެމްބަރުން ކުރެއްވި ސުވާލަށް، މަޒްލާން ވިދާޅުވި އެވެ.

"ފިހާރައަކުން އެއްޗެއް ގަތުން ފަދަ ކަމަކަށް ނުވާނެއޭ [މިފަދަ މުއާމަލާތްތައް].