06 އޮކްޓޯބަރ 2016
ތެހެރާން (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އިން މިހާރު ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގައި އީރާނުގެ ކަނޑު ސަރަހައްދު ބޭނުން ނުކުރުމަށް އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި އެވެ.
ތެހެރާން (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އިން މިހާރު ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގައި އީރާނުގެ ކަނޑު ސަރަހައްދު ބޭނުން ނުކުރުމަށް އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި އެވެ.
"ސައުދީ އަރަބިއާ އިން ފެށި އަސްކަރީ ތަމްރީނުތަކުގެ ބޭނުމަކީ ސަރަހައްދުގައި އިތުރު ހަމަނުޖެހުން އުފައްދާ ހަމަޖެހުން ނަގާލުމަށް ކުރާ ކަމެއް ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުން ގަބޫލް ކުރަނީ،" ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސައުދީ އަރަބިއާ އިން ތަމްރީނުތަކުގައި ބޭނުން ކުރާ އެއްވެސް އުޅަނދެއް އީރާނުގެ ސަރަހައްދަށް ނުވަނުމަށް ރިވޮލިއުޝަނަރީ ގާޑުން ވަނީ އިންޒާރު ދީފަ އެވެ. އަދި ވަދެއްޖެ ނަމަ އީރާނުން ވެސް ރައްދު ދޭނެ ކަމަށް ވަނީ އަންގައިފަ އެވެ.
ގަލްފުގައި ފަސް ދުވަހުގެ އަސްކަރީ ތަމްރީނުތައް ސައުދީން ފެށީ އަންގާރަ ދުވަހު އެވެ. މި ތަމްރީނުތައް އޮމާން ކަނޑާއި ހުރްމޫޒް ކަނޑުއޮޅީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އީރާނާއި ސައުދީ އަރަބިއާގެ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ސިޔާސީ ގުޅުން ވެސް މިހާރު ކަނޑާލާފައިވާ މި ދެ ގައުމުގެ މައްސަލަ ބޮޑުވުމުން އީރާނުން މި އަހަރު ހައްޖުގެ އަޅުކަމަށް ސައުދީ އަށް މީހުން ފޮނުވައިފައެއް ވެސް ނުވެ އެވެ.
މެދުއިރުމަތިން އެމެރިކާގެ ބާރު ދޫވެ ދައުރު ޗައިނާ އަށް
ޗައިނާ މެދުވެރިއަކަށްވެ ސައޫދީ އާއި އީރާން ސުލްހަކޮށްފި
ސައުދީ އެމްބަސީ ރޯކޮށްލި މީހުން ޖަލަށްލައިފި
ސިޔާސީ ކަންކަމާއި ހައްޖާ ނުގުޅުވޭނެ: ސައުދީ ރަސްގެފާނު
ސައުދީ އަށް މުސްލިމުން އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
ސައޫދީ ސިފައިންގެ ވެރިޔާ އީރާނަށް ވަޑައިގަންނަވަނީ
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
ސައޫދީ ރަސްގެފާނު އީރާންގެ ރައީސަށް ދައުވަތު އަރުވައިފި
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް