ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ، ކޮރަޕްޝަންގެ ސައްލާއެއް ކުރައްވާ އަޑު އިވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކްކޮށްލައިފި އެވެ.
16 ފެބުރުއަރީ 2020
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ، ކޮރަޕްޝަންގެ ސައްލާއެއް ކުރައްވާ އަޑު އިވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކްކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި އަސްހަދު ވިދާޅުވަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ބަލައިގަތުމުގައި އެކޯޓްގެ ސެކްރެޓަރީ ޖެނެރަލްއާ ހެދި ހުރަސް އެޅޭ ވާހަކަ އެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓެ) ގެ އެހީގައި އެކަން ނިމިފައިވާ ކަމަށް، އޭނާ ވިދާޅުވެ އެވެ.
އެކަމަކު މި މައްސަލާގައި ޝިމައްޓެގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
މި އޯޑިއާގައި ދައްކާ ވާހަކަ މައްސަލައެއްގެ ގޮތުގައި ބެލެވެނީ އަސްހަދުމެންނަށް 800،000ރ ލިބިއްޖެ ކަމަށް ވިދާޅުވުމުންނެވެ.
ރާއްޖެ އެތެރެކުރާ ވެހިކަލްތަކުގައި ޓްރާންސްޕޯޓްގެ ދައުރަކީ ރަޖިސްޓްރީކޮށްދިނުމެވެ. ރަޖިސްޓްރީކުރާ އިރު ޓްރާންސްޕޯޓުން ވަކި މައުލޫމާތުތަކެއް ފުރިހަމަކުރަން ޖެހެ އެވެ. އެހެންކަމުން ވެހިކަލްތައް އެތެރެކުރި ފަހުން އޭގެ އާކަމާ މެދު ޝައްކުތަކެއް އުފެދުމުން އެ ޝައްކު ކަނޑުވާލައި، އާ އެއްޗެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނެކަމުގެ ލިއުމެއް ޓްރާންސްޕޯޓުން ހޯދީ ކަމަށް ވެދާނެ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ.
ވެހިކަލްތައް ގެނައުމުގެ މުއާމަލާތަށް ހުރަސް އަޅައި، އެކަން "ޕޮލިސް ކޭސް" އަކަށް ހަދަން އުޅޭ ވާހަކަ އަސްހަދު ވިދާޅުވުމުން، އަލީ ވަހީދު ފުލުހުންނަށް ހުތުރު ބަސްތައް ރައްދުކުރައްވަ އެވެ. ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަށް ވެސް ރައްދު ކުރައްވަނީ ހުތުރު ބަސްތަކެކެވެ.
މިހާރު ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވީ ޑރ. ހުސެއިން ފާއިޒެވެ.
އޯޑިއޯގައި އެ ވިދަޅުވާ ސުޕްރީމް ކޯޓުގެ ވެހިކަލްތައް ގެނައީ ކޮން އިރަކުކަމާއި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.
އަލީ ވަހީދުގެ އެހެން އޯޑިއޯތަލެއް ވެސް ވަނީ ލީކްކޮށްފަ އެވެ. އެ އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ހުތުރު ބަސްތައް ރައްދުކުރައްވަ އެވެ.
އެކަމަކު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރުކުރަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ބައްޔެއް ވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ، އިންޝާﷲ،" ޓްވީޓުގައި އޭނާ ލިއުއްވި އެވެ.
އަސްހަދު އަލީ (އަޑުބަރޭ) މިއަދު ނުކުންނަވައި އެ އޯޑިއޯތަކަކީ އެފްއޭމްގެ އިންތިޚާބާ ދިމާކޮށް ހިންގާ ގޭސްގަނޑެއް ކަމަށް ވިދާޅުވެއްޖެ އެވެ.
ލީކުވެގެން އުޅެނީ ފޯން ކޯލެއްގެ ރެކޯޑިންއެއް ނޫނެވެ. އެއީ އަލީ ވަހީދާއި އައްސަދުގެ އިތުރުން އެހެން ބަޔަކު ތިބެގެން ދެއްކެވި ވާހަކަތަކެކެވެ.
ނަސަންދުރަ މައްސަލާގައި އަދި ގޮތެއް ނުނިންމަން:ރިފްއަތު
ގޮތެއް ނިންމައި ނަސަންދުރަ މަސައްކަތަށް ހުއްދަ ދީފި
ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
އަލީ ވަހީދުގެ ހުތުރު ބަސްތަކުން "ސިހުމެއް"!
އޯޑިއޯއަކީ އިންތިޚާބާ ގުޅޭ ގޭސްގަނޑެއް: އަޑުބަރޭ
ބަރެސްދޫ އަކީ ވެސް ބޮޑު ކޮރަޕްޝަނެއް، ތަހުގީގުކުރަނީ!
ޚިޔާނާތުގެ ތަހުގީގު ނުނިމޭ، އިތުރު ކަންކަން ހާމަވާނެ
155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!