21 މެއި 2019
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީ) އިން ކުރިއަށް ގެންދިޔަ ބަރެސްދޫ މަޝްރޫއުން އެކި ފަރާތްތަކަށް ބިން ދޫކޮށްގެން ނެގި ފައިސާ ކުންފުނީގެ އިސްވެރިން ޚަރަދުކުރި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީ) އިން ކުރިއަށް ގެންދިޔަ ބަރެސްދޫ މަޝްރޫއުން އެކި ފަރާތްތަކަށް ބިން ދޫކޮށްގެން ނެގި ފައިސާ ކުންފުނީގެ އިސްވެރިން ޚަރަދުކުރި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓު ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން ގެސްޓު ހައުސް އާއި ހޮޓާތައް ހިންގަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީ، ކުރީގެ ސަރުކާރުގަ އެވެ.
ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ކުރީގެ ސަރުކާރުން ނިންމާފައި އޮތީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ. މިރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް 2016 ގައި ފެށި އެ މަޝްރޫގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ޚިޔާނާތުގެ މައްސަލަތައް އޭސީސީން ބަލަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އޭސީސީން ބުނީ މިހާތަނަށް ބެލިބެލުމުގައި، އެ މަޝްރޫއުގައި ވިޔަފާރި ޔުނިޓްތައް ގަތް ގިނަ ފަރާތްތަކަކުން ވަނީ އެޑްވާންސް ފައިސާ އެމްއައިޓީޑީގެ އިތުރުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އަށް ދައްކާފައި ކަމަށެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް، 1.3 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލުވާލީ އެމްއެމްޕީއާރުސީ މެދުވެރިކޮށެވެ.
ބަރެސްދޫ މަޝްރޫއުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްދޭން އޭސީސީން ވަނީ އެދިފަ އެވެ.
- ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް / ކުންފުންޏެއް ނަމަ ކުންފުނީގެ މައުލޫމާތު.
- ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދު.
- ޑިޕޮސިޓް ފައިސާ ދެއްކި ތާރީހް.
- ޑިޕޮސިޓް ފައިސާދައްކާފައިވާ ގޮތް (ނަގުދު ފައިސާ/ ޗެކް)
- ޑިޕޮސިޓް ފައިސާ ދެއްކި ކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާ ނަމަ އެ ލިޔެކިޔުމެއް.
އޭސީސީން އެދެނީ ޖޫން، 13 ގެ ކުރިން ލިޔެކިޔުމުން އެ މައުލޫމާތު އެ ކޮމިޝަނަށް ހުށަހެޅުމަށެވެ.
އެމްއައިޓީޑީސީ އަކީ އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ކުރިން އެޗުޑީސީގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ޝާހިދު އެވެ.
އެމްއައިޓީޑީސީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ. މިދިޔަ ޖެނުއަރީ މަހު ނެރެފައިވާ އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއައިޓީޑީސީ އިން ކޮށްފައިވާ ޚަރަދާއި ލިބެން ޖެހޭ ފައިސާ އަދި ހަރު މުދަލުގެ ގޮތުގައި ހިސާބުތަކުން ދައްކާ 85.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްހަކަށް ކަށަވަރުނުވާ ކަމަށެވެ.
ބަރެސްދޫގެ ތަންތަން ވިއްކައި ގިނަ އަދަދެއްގެ ބައެއްގެ އަތުން އެމްއައިޓީޑީސީއިން ފައިސާ ނެގި އިރު އެ ޕްރޮޖެކްޓްގެ މާސްޓާ ޕްލޭން ވެސް ހަދައި ނުނިމެ އެވެ. އަދި އީއައިއޭ ރިޕޯޓް ވެސް ހަދައި ނުނިމޭ އިރު މެއިން ކޮންޓެކްޓަރެއް އައްޔަންކޮށް އެޑްވާންސް ފައިސާގެ ގޮތުގައި އެ ކުންފުންޏަށް 975،000 ޑޮލަރު (15 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ އޮފީސް ހެދުމަށް އެމްއައިޓީޑީސީގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ހަރަދު ކުރި މައްސަލައެއް ވެސް އޭސީސީއިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ކުންފުނިން އެފައިސާ ހަރަދުކުރީ އެ ކުންފުނީގެ މަރާމާތުގެ މަސައްކަތުގެ ނަމުގަ އެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ބޯޑް މެމްބަރަކާއި މުވައްޒަފެއް ވަނީ އޭސީސީގެ އެންގުމަށް ސަސްޕެންޑް ވެސް ކުރި އެވެ.
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
ޚިޔާނާތުގެ ފައިސާ ހޯދަނީ ކޮން ގޮތަކުން؟
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ ރަށްތައް އަތުލެވޭކަށް ނެތް, ހަމަ އަގު ހޯދޭނެ؟
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ