Roadha Mihaaru
ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިއަށް ދެ ސަރަހައްދެއް

ވިލިމާލޭގައި 24 ގަޑިއިރުގެ ވިޔަފާރިއަށް ދެ ސަރަހައްދެއް ކަނޑައަޅައިފި

13 ފެބުރުއަރީ 2020

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ދެ ސަރަހައްދެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުތަކެއްގައި ހުންނަ ތަންތަނަށެވެ. މީގެ ކުރިން މާލެ އާއި ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް އޮތީ ކަނޑައަޅައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނީ ފެރީ ޓާމިނަލް ސަރަހައްދާއި ވާރު ހިނގުން މަގުގައި ކަމަށެވެ. އެކަމަށް އެދި އެ މިނިސްޓްރީ އަށް ހުށަހެޅުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން 24 ގަޑިއިރު ވިިޔަފާރިކުރާ ފިހާރަތަކުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައި ވެސް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކުރިން އޮތީ ކަނޑައަޅައިފަ އެވެ. އެ ސަރަހައްދުުތަކުގައި ހުންނަ ތަންތަނަށް ވެސް އެ ހުއްދަ ދެނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ.