04 ފެބުރުއަރީ 2020
ރާއްޖޭގެ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ކުރެހުންތެރިންގެ ހުނަރުތައް ރައްޔިތުންގެ މަޖިލީހުގައި ދައްކައިލުމުގެ ފުރުސަތު މަޖިލީހުން ފުރަތަމަ ފަހަރަށް ދީފި އެވެ.
ރާއްޖޭގެ އާޓިސްޓުންގެ ތެރޭގައި ހިމެނޭ ކުރެހުންތެރިންގެ ހުނަރުތައް ރައްޔިތުންގެ މަޖިލީހުގައި ދައްކައިލުމުގެ ފުރުސަތު މަޖިލީހުން ފުރަތަމަ ފަހަރަށް ދީފި އެވެ.
މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީން ބުނީ މަޖިލީހުގެ މާލަންތަކުގައި މިހާރު ދައްކައިލަމުން އަންނަ ކުރެހުންތަކަކީ މަޖިލީހާ ގުޅިއަށް ގެންދަން ހަމަަޖެހިފައިވާ ސިލްސިލާއެއްގެ ފުރަތަމަ ބައި ކަަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މާލަންތައް އާޓިސްޓުންގެ މަސަައްކަތްތައް ދައްކައިލަން ދޫކުރުމަކީ މީގެ ކުރިން ރާއްޖޭގައި ކޮށްފައިވާ ކަމެއް ނޫނެވެ.
"މިއީ ސުލްހަ އަށް ޓަކައި އާޓް ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރަނގަޅު މާހައުލެއް އުފެދޭނެ ކަމަކަށް ވާނެ ކަަމަށް އުއްމީދުކުރަން،" މަޖިލީހުގައި ބެހެއްޓި ކުރެހުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އާޓިސްޓްސް ކޮމިއުނިޓީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ކުރެހުންތައް ދައްކައިލަން މަޖިލީހުގައި ބެހެއްޓުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ދެއްވި ފުރުސަތެއް ކަަމަށެވެ.
އާޓިސްޓުންގެ ކުރެހުންތައް ބަހައްޓާފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގައިވާ މެމްބަރުންގެ ލައުންޖްގަ އެވެ. އެތަަނުގައި ޖުމްލަ 22 ކުރެހުމެއް ބަހައްޓާފައި އެބަހުއްޓެވެ.
ރާއްޖޭގެ އާޓިސްޓުން މަޖިލީހުގައި ބަހައްޓާފައިވާ ކުރެހުމެއް
"އެ މާލަމުގެ ހަތަރު ފާރުގައި ވެސް ކުރެހުންތައް އެބަހުރި. އަދި އޭގެ އިތުރުން ސްޓޭންޑްތަކެއްގައި ބަހައްޓާފައިވާ ކުރެހުންތަކާ އެކު ޖުމްލަ 22 ކުރެހުން އެބަހުރި،" ޒިޔާއު ވިދާޅުވި އެވެ.
Collab. with @mvpeoplesmajlis ,today we start displaying artworks Majlis members Lounge.This is the first series of the exhibition.Hope this will create good environment for the members of the parliment to engage themselves in admiring art for peace.
— MaldivianArtists-MAC (@Maldivian_Art) February 3, 2020
We make history again... pic.twitter.com/vgl9VCuDpf
އޭނާ ވިދާޅުވީ ކުރެހުންތައް ފުރަތަމަ ދައްކައިލީ މަޖިލިސް މި އަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާއާ ދިމާކޮށެވެ. މިފަހަރު ބެހެއްޓި ކުރެހުންތައް ބަހައްޓާނީ އެއް މަސްދުވަހަށް ކަަމަށާއި އެ މުއްދަތުގެ ތެރޭގައި މެމްބަރަކު ކުރެހުމެއް ބައްލަވައިގަންނަން އެދި ވަޑައިގަންނަވާ ނަމަ އާޓިސްޓުންނާ ގުޅުއްވައިގެން ބައްލަވައި ވެސް ގަނެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އާޓިސްޓުން މަޖިލީހުގައި ބަހައްޓާފައިވާ ކުރެހުންތަކެއް.
"އާޓިސްޓުންނަށް ފުރުސަތު އޮންނާނެ އެ ގޮތުން ކުރެހުންތައް އަލުން ރިޕްލޭސް ކުރަން ވެސް."
މަޖިލީހުގެ މެމްބާސް ލައުންޖްގައި ބަހައްޓާފައިވާ ކުރެހުންތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތި މަންޒަރުތަކާއި ގައުމިއްޔަތު ދައްކައިދޭ މަންޒަރުތައް ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުންނާ ގުޅޭ ކުރެހުންތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ފާހަގަ ކޮށްލެވޭ އެއް ކުރެހުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އިރު، ކަނޑު އަޑީގައި ބޭއްވި ކެބިނެޓްގައި އެމަނިކުފާނު ލިއުމެއްގައި ސޮއިކުރާ މަންޒަރު ދައްކައިދޭ ކުރެހުމެކެވެ. ނައިބު ރައީސް އީވާ އަބްދުﷲގެ ތަސްވީރެއް ވެސް ބަހައްޓާފައި އެބަހުއްޓެވެ.
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
ނަޝީދު ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް ނާންގަވާ!
ނަޝީދު ގާނާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
ހައިދަރު ދިފާއުކުރައްވައި ނަޝީދުގެ ނުރުހުން އަސްލަމަށް!
މަޖިލީހުގެ ގަވާއިދުގެ ބާގަނޑުތައް ބައްދަންޖެހޭ!
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ